ސްޕޯޓްސް އެރީނާ ޕުރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ސްޓޭޑިއަމްގައި ހެދި ޓާފް ގުރާސް ދަނޑު ނިންމާ ބޭނުންކުރަން ފަށައިފި އެވެ.
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި މި ދަނޑަކީ 145.4 ފޫޓް ދިގު 78.9 ފޫޓް ފުޅާ ދަނޑެކެވެ.
ސްޓޭޑިއަމްގައި ހެދި ޓާފް ދަނޑު–
މިދަނޑުގެ މަސައްކަތް ނިންމާ މިހާރުވަނީ ބޭނުންކުރަން ފަށާފަ އެވެ. މިދަނޑުގައި ބޭނުންކުރަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ކުއަންޓަމް ވެޓަރަންސް ކަޕެވެ. އެ މުބާރާތް މިމަހު އެއްވަނަ ދުވަހު ފަށައިގެން ދަނީ ކުރިއަށެވެ.
ސްޓޭޑިއަމްގައި ހެދި ޓާފް ދަނޑު–
ޓްރައިކޯ އިންވެސްޓްމަންޓާ ހަވާލުކޮށްގެން ހެދި މިދަނޑަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ހެދި ދެވަނަ ޓާފް ދަނޑެވެ. ފުރަތަމަ ހަދާފައިވަނީ ޓާފް މެޓް ދަނޑެކެވެ.