twitterviber whatsapp telegramfacebookyoutube instagram
15th August 2026

ސްޕްރީމް ކޯޓްގެ ހުކުމާއެކު ވައްޑެ: 12 ބޮކިން އެއް ބޮކި ދިއްލިއްޖެ !

Oct 8, 2018

ތުލުސްދޫ ދާއިރާގެ މެންބަރު އިބުރާހިމް ވަހީދު (ލޯޔަރު ވައްޑެއް) ގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ނިންމާ، ހުކުމްކޮށްފި އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު މިހުކުމާއެކު ވައްޑެއް ވަނީ އުފާފާޅުކުރުމުގެ ގޮތުން ” 12 ބޮކިން އެއް ބޮކި ދިއްލިއްޖެ” ކަމަށް ވިދާޅުވެފައި އެވެ.

ވަހީދު މިހެން ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމަށްފަހު އޭނާގެ ގޮނޑި ނުގެެއްލޭ ކަމަށް ހުކުމް ކުރުމުން އެކަމުގެ އުފަލުގައި ކުރެއްވި ޓްވީޓެއްގައެވެ.ވައްޑެއްގެ ގޮނޑި ނުގެއްލޭކަމަށް ނިންމި ނިމުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ.

Al hamdhu lillaahi!

12 bokin 1 boki dhillijje

— PPM Waddey (@Lawyer_Waddey) October 8, 2018

ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްތަކެއް ވުމަށްފަހު އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑިއާ މެދު މިއަދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.

ވައްޑެއްގެ އިތުރުން ސްޕްރީމް ކޯޓުގައި މިއަދު ތާވަލުކޮށްފައިވާ މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދާއި ދިއްދޫ މެމްބަރު ލަތީފް އަދި މަޑަވެލީ މެމްބަރު މުހައްމަދު އަމީތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355