twitterviber whatsapp telegramfacebookyoutube instagram
6th June 2025

ޤުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ފަރުކޮޅު ހިމާޔާތްކޮށްފި

Oct 8, 2018

އެއްފަޅެއްގެ ތެރެއިން ށ.ފުނަދޫ އާއި ގުޅިފައިވާ “ފަރުކޮޅު ރަށް” ހިމާޔާތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ފަރުކޮޅާއެކު ރަސްދޫ މަޑިވަރު، ދިގުލާބާދޫވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ވަނީ ހިމާޔާތްކޮށްފަ އެވެ.

ށ.ފަރުކޮޅަކީއުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެންރަށްރަށާއި ހިލާފުގޮތަކަށް އުފެދިފައިވާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއްކަމަށް އެންވަރަމަންޓް މިނިސްޓްރީން ބުނެ އެވެ. އަދި އެގޮތުން ރަށުގެ ބޮޑު ސަރަހައްދަކީ ކުޅި ޗަސްބިމުގެ މާހައުލުތަކުން މުއްސަނދި ރަށެއް ކަމަށާއި ހަމައެހެންމެ ރަށުގެ ބައްޓަން ހުންނަގޮތުން ކޮއްލަވާޏެއް އުފެދިފައިވާ ސަރަހައްދުތަކާއި ޖުމްލަގޮތަކަށް ބަލާއިރު ރަށެއްގައި ހުންނާނެ ހުރިހާ ޤުދުރަތީ ތިމާވެށީގެގޮތުން ހާއްސަ ސިފަތައް ފަރުކޮޅުގައި ހުރުމަކީ އެރަށް އެހެންރަށްރަށާއި ތަފާތުވާ ސިފަތަކެއްކަމަށް މިނިސްޓްރީން ބުނެ އެވެ.

އެމިނިސްޓްރީ ބުނެފައިވަނީ ފަރުކޮޅު ރަށް ތިމާވެށީގެ ގޮތުން ހާއްސަވެފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން(އީޕީއޭ) ތައްޔާރުކޮށް އެކުލަވާލެވިފައިވާ ‘އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިއާސް ލިސްޓް’ގައި ހިމެނިފައިވާކަމަށެވެ. އަދި އެރަށުގެ ދިރޭތަކެތީގެ ނަސްލާބެހޭ މައުލޫމާތާއި ރަށުގައި ހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނީ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

ފަރުކޮޅުގެ ޤުދުރަތީ މާޙައުލު ވަނީ ފަސް ބަޔަކަށް ބަހާލާފައި އެވެ. އެއީ ރަށުގެ ގަސް ފަށަލަތަކާއި މުދާއި ގުޅިގައިވާ ކުޅި (ފިނިހަކަ ކުޅި)، ލޮނާއި މީރުފެން އެކުލެވޭ ގޮތަށް މުޅިއެކު 7 ކުޅިއާއި ކުޅި ވަށައިގެންވާ ޗަސްބިން، ރަށުގެ ގޮނޑުދޮށް އަދި ރަށުގެ ފަޅާއި ފަރުގެ މާޙައުލުތަކެވެ.

SH. Farukolhu is now protected under Environment Protection and Preservation Act (Law No: 4/93) of the Maldives, categorized as a “Protected Area with Sustainable Use”. #Environment #MEE pic.twitter.com/nmxB0jEa6l

— Environment.gov.mv (@EnvGovMv) October 8, 2018

އަދި އެސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވައިދުގައިވާގޮތުގެ މަތިން ކަމަށެވެ. އެސަރަހައްދުތަކުގައި ކުރެވޭނެ އަދި ނުކުރެވޭނެ ކަންތައްތައް ބަޔާންކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355