twitterviber whatsapp telegramfacebookyoutube instagram
3rd June 2026

އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީގައި އަދިވެސް ތެދުވާނެހާ ހިތްވަރުވެސް ނެތް: ރިޔާޒް

Oct 10, 2018

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްގެ ހަރަކާތްތަކުން ނުފެންނަނީ އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބުންވީ ބަލީގައިކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު ރަޝީދު ޕީޕީއެމާ ފެއަށް ވަޑައިގަންނަވަން އުޅުއްވާކަމަށް އަޑުތައް ފެތުރެމުންދަނިކޮށް އޮންލައިން ނިއުސް ސީއެންއެމުން ދެންނެވި ސުވާލައްގެ ޖަވާބުގައި ރިޔާޒު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތަކުން މި ދުވަސްކޮޅު ނުފެންނަނީ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އުޅުވަނީ އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީގެ ބޮޑުކަމުން ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެގެން ކަމަށެވެ. އިންތިހާބުގެ ނަތީޖާ ފެނި ވީ މާޔޫސްގައި އަދިވެސް އުޅެނީ އެހިތާމާގައި ތެދުވާނެހާ ހިތްވަރު ވެސް ނުލިބިގެން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ކޮންމެ ރެއަކު ޕީޕީއެމްގެ ނަމުގައި ބަޔަކު ނަށާ އަޑުގަދަކޮށް ހަޅޭލަވާ ހަދާ އިރު އެމީހުންނަށް ލިބިގެން އުޅެނީ ކޮން އުފަލެއް ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355