twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެއާޕޯޓަށް ނެގި ގޯތިތަކަށް ބިން ދޫކުރުމުގެ މަސައްކަތް ފަށައިފި

Oct 10, 2018

ކުޅުދުއްފުށީގައި އެއާޕޯޓް ހަދަން ނެގި 18 ގޯތީގެ ބަދަލުގައި ސަރުކާރުން އެގޯތިތައް ދޫކުރަން ހަމަޖެހިފައިވާ ބިން ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ.

18 ގޯއްޗަށް ބިން ދޫކުރުމަށް ކައުންސިލުން ނިންމީ އުތުރު ބަނދަރު ސަރަހައްދުން މަސްޖިދުލް ފިރުދައުސް ކައިރިންނެވެ. ނަމަވެސް ހައުންސިން މިނިސްޓްރީން ވަނީ އެ ސަރަހައްދު ގޯތި ދޫނުކުރެވޭނެކަމަށް ކައުންސިލަށް އަންގާފަ އެވެ.

މިނިސްޓްރީގެ އެންގުމަށް މިހާރު އެ ގޯތިތަކަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ތިން ސަރަހައްދަކުންނެވެ. އެއީ އުތުރު އަވަށު ކުޑަކުދިންގެ ޕާކެއްގެ ގޮތުގައި ބޭނުންކުރި ސަރަހައްދުންނާއި ހިރަފުސް ދަނޑާއި ފުޑްޕާރކް ރެސްޓޯރަންޓް ދޭތެރޭގައި އޮންނަ ހުސް ސަރަހައްދުންނާއި އަދި ޒިޔާރާތްދޮށުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ހުސް ބިމުންނެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ވިދާޅުވީ 18 ގޯއްޗަށް ދިނުމަށް ހަމަޖެހިފައިވާ ބިންތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެ ބިންތައް ސާފުކޮށް ނިންމާލެވޭނެކަމަށާއި ނިމުނުހާ އަވަހަކަށް ގޯތިތައް ރަޖިސްޓްރީކޮށްދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިން ޕާކް ސަރަހައްދުން ގޯތި ލިބުނު ދެ ފަރާތްތަށް މިހާރު ބިން ރަޖިސްޓްރީކޮށް ހަވާލުކޮށްފައިވާކަމަށް ކައުންސިލުން ބުނެ އެވެ.

އެއާޕޯޓަށް އަރާ 18 ގޯތީގެ ތެރެއިން 9 ގޯތީގައި މީހުން ދިރިއުޅެކެވެ. އެކި ވަރަށް ގެތަށް އިމާރާތްކޮށްފައިވާއިރު އެންމެ ފުރަތަމަ ސަރުކާރުން އެނގީ ގޯތިތައް އިމާރާތްކުރުމަށް ހަރަދުވެފައިވާ އަދަދު ބަލައި ސަރުކާރަށް ރީޖަނަލް އެއާޕޯޓްސްއަށް އެނގުމަށްކަމަށެވެ. ނަމަވެސް ގޯތިތަކުގެ ވެރިން އެނގި އަގުތައް ބޮޑުކަމަށް ބުނެ މާލޭއިން ޓީމެއް ކުޅުދުއްފުއްޓަށް އައިސް ގެތަށް ބަލާ އަގުމަގު ކުރި އެވެ. އޭގެ ތެރެއިން ބައެއް ގޯތިތަކުގެ އަގު ކުޑަ ވުމުން އަނެއްކާވެސް ޝަކުވާކުރުމުން އަދަދު އިތުރުކުރިކަމަށް އެ ގޯތިތަކުގެ ވެރިން މައުލޫމާތު ދެ އެވެ.

ކޯޓް މަރުހަލާއިން މިމައްސަލަތައް ނިމިގެންދިޔައީ ބައެއް ގެތަކުގެ ވެރިން ހުށަހެޅި އަދަދަށް ރިޔާއަތް ކުރުމެއް ނެތި ހަމައެކަނި ދައުލަތުން ހުށަހެޅި ލިޔެކިއުމަށް ބަލައިގެންނެވެ.

އެގޮތުން ބައެއް ގޯތިތަކުގައި އިމާރާތުގެ އަގުގެ ގޮތުގައި އަދުލުވެރި ބަދަލެއް ކަމުގައި މިމައްސަލާއާ ގުޅިގެން ދައުލަތުން ހުށަހެޅި ވެލުއޭޝަން ރިޕޯޓަށް ބެލުމަށްފަހުކަން ކޯޓް ހުކުމުން އެނގެން އޮވެ އެވެ. މައްސަލަތައް ނިންމާތާ 20 ދުވަހުގެ ތެރޭގައި ގެތަކަށް ފައިސާ ދައުލަތުން ކުޅުދުއްފުށީ ކޯޓަށް ޖަމާކުރުމަށް ހުކުމްކޮށްފައިވެ އެވެ.

މިމައްސަލާގައި ކޭއޯއާ ވާހަކަދެއްކި ބައެއް ގޯތިތަކުގެ ވެރިން ބުނެފައިވަނީ މުޅި އުމުރު ދުވަހު ބުރަ މަސައްކަތުން ގޯތީގައި ހެދި އިމާރާތުގެ އަގުމަގު ކުރިގޮތާމެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. ދައުލަތު ދޭން ނިންމާފައިވާ މަދު ފައިސާ ކޮޅުން އެވަރުގެ ގެއެއް މިއަދު ނޭނޅޭނެކަމަށެވެ. އެހެންވެ ދެ ގެއެއްގެ ވެރިން ވަނީ އެމައްސަލަތައް ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ.

މިހާރު މި 18 ގޯތީގެ ތެރެއިން ދެ ގޯތި ފިޔަވާ ދެ ހުރި ހުރިހާ ގެއެއްވަނީ ސަރުކާރުން ތަޅާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355