twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަތޮޅުތަކުގައި ނަފްސާނީ ބަލިމީހުންނަށް ހާއްސަ ޔުނިޓްތަކެއް ހަދަން ނިންމައިފި

Oct 10, 2018

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަސްހަކީ، ނަފްސާނީ ދުޅަހެޔޮކަމުގެ ބައިނަލް އަގުވާމީ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރާ ދުވަހެވެ.

ނަފްސާނީ މައްސަލަތަކީ ރާއްޖޭގައި ވެސް އިތުރުވެފައިވާ މައްސަލަތަކެކެވެ. މިކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަފްސާނީ މައްސަލަތަކަކީ އެކި އެކި ކަންކަމާއިހުރެ ސިކުނޑިއަށް ތަހައްމަލްކުރަންޖެހޭ އެކި ބާވަތްތަކުގެ މައްސަލަތަކާއި ބަލިތަކެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރު އަމާޒުކޮށްފައިވަނީ ބަދަލުވަމުންދާ ދުނިޔޭގައި ދިރުއުޅުމުގައި ދިމާވާ ކަންކަމުން ފުރާވަރު އުމުރުގެ ކުދިންނަށް ދިމާވާ މައްސަލަތަކަށެވެ.

ނަފްސާނީ ދުޅަހެހޮކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ނޭޝަނަލް މެންޓަލް ހެލްތް ޕޮލިސީގެ ނަމުގައި 2017ވަނަ އަހަރުވަނީ ޕޮލިސީއެއް ތައާރަފްކޮށްފައެވެ. މި ޕޮލިސީގެ ދަށުން މެންޓަލް ހެލްތް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި “ނަފްސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް” އެކުލަވާޅުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްކްޝަން އެޖެންސީން ދަނީ ކުރަމުންނެވެ. މިފަދަ ބަލިތަކުގެ ފަރުވާ މުޅިރާއްޖެއިން ލިބޭނެގޮތް ފަހިކޮށްދިނުމަށް އަތޮޅުތަކުގައިވެސް ނަފްސާނީ ބަލިމީހުންނަށް ހާއްސަ ޔުނިޓްތަކެއް ޤާއިމުކުރުމަށް ވަނީ ރާވާފައެވެ.

އަދި މަދަރުސާތަކާއި، އެކިއެކި މުއައްސަސާތަކުގައި ނަފްސާނީ ބައްޔަށް ހޭލުންތެރިކޮށް، އެފަދަ ކަންކަން ދެނެގަނެ އެހީ ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ފްރޮގްރާމްތައްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަނީ ހިންގަމުންނެވެ.

ފުރާވަރު ކުދިންގެ މެދުގައި އެންމެ ގިނައިން ފެންނަ ނަފްސާނީ ބައްޔަކީ ޑިޕްރެޝަންއެވެ. އަދި ދެވަނައަށް އެންމެ ގިނައީ ނަފްސާނީ ބަލިތަކާއި ގުޅިގެން ދިމާވާ ކަންކަން ތަޙައްމަލު ނުކުރެވި އަމިއްލައަށް މަރުވުމެވެ.

ނަފްސާނީ ބަލިތައް ވެފައިވަނީ ކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި، ނޭދެވޭ އަމަލުތައް ކުރުމަށް މަގުފަހިވާ ކަމަކަށެވެ. ނަފްސާނީ ބަލިތަކަށް އަޅާލުމާއި، އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުން ނިސްބަތުން ވަރަށްބޮޑަށް މަދުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

ޒުވާނުންނަށް ޢަމާޒުކޮށްގެން މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ބައިނަލް އަގުވާމީމިދުވަސް ފާހަގަކުރުމަށް ނިންމީ، އެފަދަ ބަލިމީހުންނަށް އެހީވެ، ދުޅަހެޔޮ އާއިލާތަކެއް ބިނާކުރުމުގެ މަޤުސަދުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355