އެންމެން އެކުގައި މަސަކައްކަތްކޮށް ރާއްޖެއަކީ އަމާންތަކަށް ހަދާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިދުވަސްކޮޅު މާރާމާރީގެ ކަންކަން އާންމުވެފައިވާތީ އެކަމަށް އިޝާރަތްކޮށް އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދަތަކުގައި މާރަމާރީ ހިންގުމާއި ކުޑަ ކުދިން މަރާލުން ވަނީ ފާލުން ނެއްޓިފައި ކަމަށެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރަމާރީ އިތުރުވެފައިވާ ކަމަށާއި މާލޭ މަގުތަކުގައި ކުޑަ ކުދިން މަރާލުން ފަދަ ކަންކަމުން ދައްކުވައިދެނީ ކަންކަން ބޮއްސުންލައިފައިވާ މިންވަރުކަމަށެވެ.
މާރާމާރީތައް އާންމުވެ މިފަހުން ވަނީ މާލެ އާއި އައްޑޫ ސިޓީގައި މާރަމާރީތަކެއް ހިންގާފަ އެވެ. އަދި ރޭ ވަނީ 14 އަހަރުގެ ކުއްޖަކު ގަޔަށް ވަޅިހަރާ މަރާލާފަ އެވެ.