twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ކޮކާކޯލާއިން “ރިފްރެޝިން ރިލޭޝަންޝިޕް” ކެމްޕެއިން ފަށައިފި

Oct 13, 2018

“ރިފްރެޝިން ރިލޭޝަންޝިފް” ކެމްޕެއިން ކޮކާކޯލާއިން ފަށައިފި އެވެ.

ގުޅުންތައް ބަދަހި ކުރުމަށް ހާއްސަކޮށްގެން ކޮކާކޯލާއިން ފެށި މިކެމްޕެއިން ފަށައިދިނީ މިދިޔަ ބުރާސްފަތި ދުވަހު ނޭޝަނަލް އާޓްގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނިމިގެން ދިޔަ ސާފް ސުޒުކީކަޕްގެ ތަށި ރާއްޖެ އަށް ގެނެސްދިން ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.

މި ކެމްޕޭންއާ ބެހޭ ގޮތުން، ކޮކާކޯލާ އިން ސައުތު ވެސްޓް އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ މާކެޓިން މެނޭޖަރު އަމްރަތު ދަތް ވިދާޅުވީ މި ކެމްޕޭންގެ މައިގަނޑު ޝިއާރަކީ ގުޅުންތައް ބަދަހި ކުރުން ކަމަށެވެ.

ކޮކާކޯލާ އިން އަލަށް ފެށި ކެމްޕޭންގެ ދަށުން، އާއިލާ އާއި ރަހުމަތްތެރިންގެ ގުޅުންތައް ބަދަހި ކުރުވާނެ ތަފާތު ޝިއާރުތައް ކޯކްފުޅީގެ ބޭރުގައި ލިޔެފައިވާނެ އެވެ. މިގޮތުން އަލަށް ނެރު ކޯކުގެ ފުޅިތަކުގެ ބޭރުގައި “ބްރޯ” އަދި “ވައިފީ” އާއި “ބޭބީ” އަދި “ހަޒްބަންޑް” އަދި “ޑޭޑް” އާއި “ބޮސް” ގެ އިތުރުން “ސުޕަމޮޑެލް” ފަދަ ލަފުޒުތައް ލިޔެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293