twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހާއްސަ ބިޒްނަސް ޑެވެލޮޕްމަން ޕްރޮގްރާމެއް އޫރިދޫއިން ފަށައިފި

Oct 24, 2018

ސްޓާޓް އަޕްތަކަށް ހާއްސަ ބިޒްނަސް ޑެވެލޮޕްމަން ޕްރޮގްރާމް ކަމަށްވާ ނިރު އެކްސެލެރެޓަރގެ ދެވަނަ ފިޔަވަހި ފަށައިފިއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް އީޖާދީ ހިޔާލުތަކަށް އިންވެސްޓްކޮށް ވިޔަފާރި ތަރައްޤީ ކުރުމަށް އެހީތެރިވެދެއެވެ.

ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހޯދައިދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގެ ދެވަނަ މަރުހަލާ ފަށައިފިއެވެ.

އުރީދޫ އާއި ޑައިލޮގް އެކްސިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ހަތަރު ޓީމްގެ ބައިވެރިވުމާއި އެކު ބާރަ ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް ވަނީ ފަށައިފައެވެ.

ނިރުގެ ބައިވެރިންނަށް ހާއްސަ ހެޑްކުއާޓަރސްގައި ބޭއްވޭ މި ޓްރެއިނިންގެ އިތުރުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމްތަކަށް ސީޑް ފަންޑިންގް މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެއެވެ.

“ނިރު އެކްސެލެރޭޓަރ ޕްރޮގްރާމަށް ހޮވިފައިވާ ހަތަރު ޓީމަށް ނިރު ހެޑްކުއާޓަރޒް އަށް މަރުހަބާ ކިޔައި އެ ބައިވެރިންގެ ވިޔަފާރިތައް ބިނާ ކުރުމަށް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި އެހީތެރިވެދޭނެ މެންޓަރޝިޕް ޕްރޮގްރާމް ފެށިގެންދިއުމާއި އެކު މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކުރުމަށް މި ހުނަރުވެރި ޓީމްތަކުން ކުރާ ބުރަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެއް.” އުރީދޫގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވާ ހަތަރު ޓީމަކީ ކައުރީ، ކުނބު، ޖަވާބު އެކެޑެމީ އަދި ފްލޯބޯއެވެ.

ކައުރީ އަކީ މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެކެވެ.

ކުނބު އަކީ ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި ދަތުރުތަކަށް ޓިކެޓްނަގައި އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެކެވެ.

ޖަވާބު އެކެޑެމީ އަކީ ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެކެވެ.

ފްލޯބޯ އަކީ އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެކެވެ.

ބާރަ ހަފްތާގެ ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުންދިނުމަށްޓަކައި ނިރު އެކްސެލެރޭޓާރ ސްމާޓް ސިޓީޒް ޕްރޮޖެކްޓް މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355