twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދެ ގޯތީގެ ބަދަލުގެ މައްސަލަ އަލުން ކަނޑައެޅުމަށް ކުޅުދުއްފުށީ ކޯޓްގެ މައްޗަށް ހުކުމްކޮށްފި

Oct 24, 2018

ކުޅުދުއްފުށީ އެއާޕޯޓަަށް ނެގި ގެތަކުގައި ތެރެއިން ދައުލަތުން ހުށަހެޅި ބަދަލާ މެދު ހިތްހަމަނުޖެހިގެން ހައިކޯޓްގައި އިސްތިއުނާފު ކުޅުދުއްފުށީ/ ޑޭޒީވިލާ، އަލީ އިސްމާއިލް އާއި ކުލަވަރު، މުސާ ހަސަންގެ ގޯއްޗަށް ކަނޑައަޅާފައިވަނީ އަދުލުވެރި ބަދަލެއް ނޫން ކަމަށާއި އެހެންވުމުން އެބައި ބާތިލްކޮޮށް އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމަށް އެސަރަހައްދުން 18 ގޯއްޗެއް ވަނީ ނަގާފަ އެވެ. އެ 18 ގޯތީގެ ތެރެއިން ދައުލަތުން ކަނޑައެޅި ބަދަލާމެދު ހިތްހަމަނުޖެހިގެން ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވަނީ އަލީ އިސްމާއިލާއި މޫސާ ހަސަން އެވެ.

ހައިކޯޓް އުތުރު ގޮފީގައި ވަކިވަކިން މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި މިމައްސަލަ މިގޮތަށް ނިންމެވީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުގެ އިއްތިފާގުންނެވެ. ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވީ ބަންޑާރަގޯއްޗާއި އެގޯތީގެ ނުއުފުލޭ މުދާ އާންމުވެގެންވާ މަންފާއަކަށްޓަކާ ދައުލަތުން ނަގަން ނިންމާ އެ ގޯތީގެ ބަދަލުގެ އަގުގެ ގޮތުގައި ދައުލަތުން ހުށަހެޅި ބަދަލަކީ އަދުލުވެރި ބަދަލެއްކަމުގައި ކަނޑައަޅާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންކޮށްފައިވާ ޙުކުމުގެ އެބައި ބާތިލުކޮށް އެމައްސަލަ އަލުން ކަނޑައެޅުމަށްޓަކާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ތަޙްވީލު ކުރާކަމަށެވެ.

މިމައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި އޭޖީ އޮފީހުގެ ދެ ވަކީލުން މިއަދު ކޯޓުން ނުކުންނަވަނީ–

ހުކުމް އިއްވަވަމުން ފަނޑިޔާރު ފާހަގަކުރެއްވި މައިގަނޑު ނުގުތާއަކީ ދަށު ކޯޓް ހުކުމް އަދުލުވެރި ބަދަލެއްގެ ގޮތުގައި ކަނޑައަޅައި ހުކުމުކޮށްފައިވަނީ ހަމައެކަނި ދައުލަތުން ހުށަހެޅި ވެލުއޭޝަން ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އަދި އެހުކުމްކޮށްފައިވަނީ އެފަރާތަކުން ޝަރީއަތުގައި އިންކާރުކޮށް ދައުލަތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްކަމަށް ނުފެންނަ ކަމަށްބުނެ ގޯތީގެ އަގުގެ ގޮތުގައި ވަކި އަގެއް ހުށަހަޅާފައިވަނިކޮށް އެއަށް ރިޔާއަތްކުރުމެއް ނެތިކަމަށެެވެ.

އަދި ވެލުއޭޝަން ރިޕޯޓްގައި ހިމަނާފައިވާ އަގުތައް ކަނޑައަޅެމުގައި ގެންގުޅެފައިވަނީ ކޮން އުސޫލަކުންކަމެއް ދައުލަތަކަށް ބުނެދެވިފައިވާނުވާކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.

“ބާ ގެއެއްގެ އަގު ދީގެން އާ ގެއެއް ނެހެދޭނެ، އެއީ އަދުލުވެރި ބަދަލަކަށް ނުވާނެ”

ގާނޫނޫ އަސާސީގައި ވާގޮތުން މީސްމީހުންގެ މުދަަލީ ނިގުޅައިގަނެގެންވާނެ ތަކެއްޗެއް ނޫންކަމަށާއި އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަކަށް ދިނުމަށްފަހު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355