twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހައިކޯޓުގެ މަސައްކަތްތަކަށް ދަރިވަރުން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ހިންގައިފި

Oct 24, 2018

ހދ. ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގާ ހައިކޯޓުގެ މަސައްކަތްތަކަށް ދަރިވަރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަވައިފިއެވެ. މި ޕްރޮގްރާމް ހިންގަވާފައި ވަނީ އެގޮފީގައި ޝަރީޢަތް ފެށުމަށްޓަކައި ކުޅުދުއްފުއްޓަށް ވަޑައިގެންތިއްބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރުޢީ ވަފުދުގެ ފަރާތުންނެވެ.

ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ މިޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހދ. ކުޅުދުއްފުށީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެންޕަހުން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށެވެ.

މިޕްރޮގްރާމްގައި ހައިކޯޓުގެ މަސައްކަތްތަކާއި ހައިކޯޓުގެ ގޮފިތަކުގެ އިޚްތިޞާސާއި އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާ ގޮތާބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތް ހިންގާ މާލަމާއި ހައިކޯޓުގެ އެކި ބައިތައް ދައްކާލެވުންވެސް އޮތެވެ. އަދި މިއަދު ހައިކޯޓު އުތުރު ގޮފީގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިސްތަކަށް ވަދެ، ޝަރީޢަތްތައް ހިނގާގޮތް ބަލާލުމުގެ ފުރުޞަތުވެސް މިޕްރޮގްރާމްގެ ބައިވެރިންނަށް ތަނަވަސްކޮށްދެވިފައިވެއެވެ.

ހޭލުންތެރިކުރުމުގެ މި ޕްރޮގުރާމުގައި ބައިވެރިވި ދަރިވަރުން ބުނީ މި ޕްރޮގުރާމްގެ ތެރެއިން ހައިކޯޓާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބިގެންދިޔަ ކަމަށާއި އެގޮތުން ހައިކޯޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެކޯޓަށް ބަލައިގަންނަ މައްސަލަތައް އެނގިގެންދިޔަ ކަމަށެވެ. ހައިކޯޓްގެ ފަނޑިޔާރުން އިސްނަގައިގެން މިފަދަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމުން ވަރަށް ހިތްހަމަޖެހޭކަމަށް ދަރިވަރުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355