twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖޭގެ އެންމެ ބޮޑު ދުވުން ފެށެން 6 ދުވަސް – އަވަހަށް ޑީއެމްއާރްއާރް އެޕް ޑައުންލޯޑް ކޮށްލާ!

Oct 28, 2018

ދިރާގު މޯލްޑްވެސް ރޯޑް ރޭހާއި ގުޅިގެން 2016 ވަނަ އަހަރު މި ރޭހަށް ހާއްސަ އެޕެއް ތައާރަފުކޮށްފައިވާއިރު މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފެށެން 6 ދުވަހަށް ވެފައިވާއިރު މި އެޕަކީ ދުވުންތެރިންނާއި އަދި ދުވުންތެރިންގެ އާއިލާ އަދި ރަހުމަތްތެރިން ބޭނުންތެރި އެޕަކަށް ވާނެއެވެ.

އެޕްގައި ހިމެނޭ ފީޗާރސްތެރޭގައި:

ލައިވް ޓްރެކިންގ –

މިއެޕްގެ އެންމެ ފާހަގަ ކޮށްލެވޭ ފީޗާއަކީ ރިއަލް ޓައިމް ޓްރެކިން އެވެ. އެހެން ކަމުން ދުވުންތެރިއާ އަށް އޭނާ ދުވަމުންދާއިރު ވެސް އެޕް މެދުވެރިކޮށް އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވުމެވެ. އަދި އޭނާގެ އާއިލާ މެމްބަރުންނާއި ގާތް މީހުންނަށް ވެސް އޭނާގެ ސްޓޭޓަސް އެޕުން ބަލައިލެވޭނެ އެވެ. މިއީ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމްކޮށްފައިވާ ފީޗަރެކެވެ. ލައިވް ޓްރެކިން އަކީ ބައިނަލްއަގްވާމީ ދުވުންތަކުގައި ވެސް ދުވުންތެރިންގެ ތެރޭގައި މަގުބޫލު ފީޗަރެކެވެ.

ބިބް ނަންބަރ ނުވަތަ ނަން ޖަހާލައިގެން ސާރޗް ކުރެވުން –

ފޭސް ބުކް އަދި ޓުވިޓަރ އެކައުންޓާއި އެޕް ގުޅުވައިލުން –

ރޭސް އޮންނަ ދުވަހު ފޭސް ބުކް އަދި ޓުވިޓަރ އެކައުންޓާއި އެޕް ގުޅުވާލައި އާއިލާ އަދި ރައްޓެހިންނަށް ދުވާ ރާސްތާ ޓްރެކްކޮލެވޭނެއެވެ. އަދި ދުވާ ނިމުމުން ފޭސްބުކް އަދި ޓުވިޓަރގައި ޝެއަރ ކުރެވޭނެއެވެ.

ލައިވް ފޮޓޯ –

ކޮންމެ ދުވުންތެރިއަކު ވެސް ރޭސް ނިންމުމާ އެކު އެތަނުގައި ހަރުކުރެވިފައިވާ އޮޓޮމެޓިކް ކެމެރާ ސިސްޓަމުން ފޮޓޯ ނެގި އެ ފޮޓޯ ވަގުތުން އެޕުން ފެންނަން ހުންނާނެ އެވެ.

ލީޑާރބޯޑް ލައިވް ކޮށް ބަލައިލެވުން –

މީގެ އިތުރުންވެސް މި އެޕް މެދުވެރިކޮށް ރޭހުގެ ކައުންޓްޑައުން އާއި ރޭހުގެ ރޫޓް މެޕާއި ތައްޔާރުވާންވީ ގޮތުގެ ޓިޕްސް އަދި މޫސުމާ ބެހޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާ ތަޖުރިބާތަކެއް ކުރެވޭނެ މަގުތަށް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ކަމަށާއި މި އެޕް އަކީވެސް އޭގެ އަގުހުރި މިސާލެއްކަމަށް ދިރާގުން ބުނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355