ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިމިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އެ ކޯޓުން ރިވިއު ކުރަމުން އަންނާތީ އެ މައްސަލައިގައި ވަކި ގޮތެއް އެކޯޓުން ކަނޑައަޅައި ނިމެންދެން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަރެކްޝަންސް އާއި ފުލުހުން އަދި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ރައީސް ނަޝީދު އަންނަ ނޮވެމްބަރުމަހު އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.