twitterviber whatsapp telegramfacebookyoutube instagram
26th April 2024

އާ ސަރުކާރުގެ ބަޖެޓް މި ސަރުކާރުން ހުށަހެޅުން ރަނގަޅެއް ނޫން: ނަޝީދު

Oct 30, 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާ ސަރުކާރުގެ ބަޖެޓް ހުށަހެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ބަޖެޓު ތައްޔާރުކޮށް މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ.

އެހެންނަމަވެސް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރައްވައި އާ ސަރުކާރު އުފެދޭނީ ބަޖެޓު މަޖިލިހަށް ހުށަހަޅަން އޮންނަ ތާރީހަށް ވުރެ ފަހުންނެވެ. ދައުލަތުގެ ބަޖެޓު ހުށަހަޅަން އޮންނަ އެންމެ ފަހުގެ ތާރީހަކީ އޮކްޓޯބަރު 31 އެވެ.

މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު ނަޝީދު މިއަދު ވިދާޅުވީ މާލިއްޔަތު ގާނޫނުގައި އެންމެ ފުރަތަމަ ކަނޑައެޅީ ދައުލަތުގެ ބަޖެޓު ހުށަހަޅަން ވާނީ އަހަރު ނިމުމުގެ އެއް މަސް ދުވަސް ކުރިން ކަމަށެވެ.

“މިހާރު އޮތް ސަރުކާރުން އެމީހުންގެ ބަޖެޓު ހުށަހެޅުމަކީ އަޅުގަނޑަކަށް ނުފެނޭ އެއީކީ މާ ހަރުދަނާ ކަމެއް ކަމަކަށް.” ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އަހަރު ނިމުމުގެ ދެ މަސް ކުރިން ދައުލަތުގެ ހުށަހަޅާ ގޮތަށް ބަދަލު ކުރީ ސްކޫލް ކުދިންގެ ޗުއްޓީއާއެކު، މެމްބަރުން ވެސް ބޮޑު ޗުއްޓީއަށް ވަޑައިގަތުމަށް ބޭނުންވުމުންކަމަށާއި އެގޮތަށް ބަދަލު ކުރުމުން މިނިސްޓްރީން ބޮޑު ޕްރެޝަރަކާ ކުރިމަތިލަމުންދާކަމަށް މެމްބަރު ނަޝީދު ވިދާޅުވި އެވެ

ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް އިބޫ އެކުލަވާލަން ތައްޔާރުވަމުން އަންނަ ސަރުކާރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން އެކަށީގެންވާ ފުރުސަތެއް ދޭން ޖެހޭ ކަމަށެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355