twitterviber whatsapp telegramfacebookyoutube instagram
20th April 2024

މީރާގެ މުވައްޒަފުންނަށް ނޮލެޖް އެކްސްޗޭންޖް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފި

Nov 3, 2018

މޯލްޑިވްސް ޓެކްސް އެކަޑަމީ އާއި އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރ ގުޅިގެން މީރާގެ މުވައްޒަފުންނަށް ނޮލެޖް އެކްސްޗޭންޖް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފި އެވެ.

އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މޯލްޑިވްސް ޓެކްސް އެކަޑެމީ ގުޅިގެން މީރާގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ޓެކުހުގެ މައިދާނުގައި ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތްތައް އުނގަންނައިދިނުމަށްޓަކައި ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

30 އޮކްޓޫބަރު އިން 1 ނޮވެންބަރ އަށް މާލޭގައި ބޭއްވުނު މި ޕްރޮގްރާމުގައި މީރާގެ 50 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ހިންގުމަށްޓަކައި ކޮރެއާ އޯ.އީ.ސީ.ޑީ މަލްޓިލެޓެރަލް ޓެކްސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް މރ. ޔޮންގްޖޫ ލީ އަދި ޑިރެކްޓަރ ޔަންގްސޫ ޗޯއި ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ކިޔަވައިދީފައިވަނީ ކޮރެއާގެ ޓެކްސް އެކްސްޕަރޓުންގެ ޓީމަކުންނެވެ.

ގުޅުންހުރި ވިޔަފާރިތަކުން ދޭދޭ ގައުމުތަކުގައި ހިންގާ މުއާމަލާތައް އަގުކުރުމާއި އެކި އެކި ގައުމުތަކުގެ މެދުގައި ގާއިމު ކުރެވިފައިވާ ޓެކްސް ޓްރީޓީތަކާ ގުޅިގެން ޓެކްސް ހިސާބުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭގޮތުން މި ޕްރޮގްރާމްގައި މައުލޫމާތު ދީފައި ވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމުން ދަސްވި ހުނަރުތަކާއި ލިބުނު މައުލޫމާތުގެ އަލީގައި މީރާގެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަށް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވަނީ މީރާގެ މުވައްޒަފުންނަށް އިލްތިމާސް ކޮށްފައެވެ.

އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރާއި ގުޅިގެން މީރާއިން ވަނީ 2016 ވަނަ އަހަރު ވެސް މީރާގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން މިފަދަ ތަމްރީނު ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355