twitterviber whatsapp telegramfacebookyoutube instagram
27th September 2026

ދިއްދޫއަށް ހުޅުވާލައިގެން ބާއްވާ އެއްލައްކަ ކަޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

Nov 4, 2018

ހއ ދިއްދޫގައި ބާއްވަމުން އަންނަ އެއްލަައްކަ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފްގެ ވާދައިގެ ތައްޓަށް ކުޅޭ އެއްލައްކަ ކަޕްގައި ބައިވެރިބުމަށް ހުޅުވާލައިފި އެވެ.

ހަމައެކަނި ދިއްދޫގެ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލާއިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އެރަށުގެ ކުލަބު ޖަމިއްޔާތަކަށެވެ.

އަދި ބައިވެރިވުމަށް އެދޭ ފޯމް އެމްޕީ ލަތީފްގެ އޮފީހުން މެންދުރުފަހު 14:00ން 17:00 އަށް އަދި ރޭގަނޑު 20:30 ން 22:00 އަށް ލިބެން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 8 ވަނަ ދުވަހުގެ 22:30 ގެ ކުރިން[email protected] އަށް މެއިލް ކުރުމަށާއި އިތުރު މައުލޫމާތަށް 7999913 އަށް ގުޅުމަށް އިއުލާނުގައި ވެއެވެ.

މި މުބާރާތްތަކީ އަތޮޅުތެރޭގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާ އިނާމެއް ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293