twitterviber whatsapp telegramfacebookyoutube instagram
28th December 2025

ގާތުން ދިނުމާއި ބެހޭގޮތުން ވޯކްޝޮޕެއް ހިންގައިފި

Nov 4, 2018

ހދ އަތޮޅު އެޓޯލް ހެލްތް ސާވިސަސްއިން އިންތިޒާމްކޮށްގެން ހދ އަތޮޅުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ގާތުން ދިނުމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ގާތުން ކިރު ދިނުމުގެ ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ އުފަންހިޔާގައި އެއްދުވަހުގެ ނިޔަލަށް އިއްޔެ ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ގާތުން ކިރު ދިނުމުގެ މުހިއްމުކަމާއި އެކަމަށް އާންމު ހޭލުންތެރިކުރެވިދާނެ ގޮތްތަކާއި އަދި ގާތުން ދިނުމަށް ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަށް ވަނީ ކިޔާ ދެވިފަ އެވެ.

ގާތުން ދިނުމާ ބެހޭގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން–

މި ވޯކްޝޮޕްގައި ހދ އަތޮޅުގެ ހުރިހާ ރަށަކުން ނަރުހަކާއި ހެލްތް ވޯކަރެއް ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގައި މައުލޫމާތު ދީފައިވަނީ ހދ އެޓޯލް ހެލްތަ ސާވިސަސްގައި މަސައްކަތް ކުރާ ބޭފުޅުންނެވެ.

މީގެ ކުރިންވެސް ހދ އަތޮޅު ހެލްތް ސާވިސަސްއިން އިސްނަގައިގެން ވަނީ އެކި ކަހަލަ ވޯކްޝޮޕްތައް މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ.

ގާތުން ދިނުމާ ބެހޭގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ތެރެއިން–

މި ވޯކްޝޮޕް ހދ އެެޓޯލް ސާވިސަސްއިން ހިންގާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެހީތެރިކަމާއި އެކުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355