twitterviber whatsapp telegramfacebookyoutube instagram
16th August 2026

އަލަށް ފަށާ ގުރޭޑް 9 އަކާއެކު ހދ އޭއީސީއަށް ކުދިން ވެއްދުމަށް ހުޅުވާލައިފި

Nov 5, 2018

2019 ވަނަ އަހަރަށް ހދ އަތޮޅު ތައުލީމީ މަރުކަޒަށް ފައުންޑޭޝަން ސްޓޭޖް ފިޔަވާ އެހެން ގްރޭޑްތަކަށް ކުދިން ވެއްދުމަށް ހުޅުވާލައިފި އެވެ.

ފައުންޑޭޝަން ސްޓޭޖަށް ކުދިން ވެއްދުމަށް އެސްކޫލުން މީގެ ކުރިން ވަނީ ހުޅުވާލާފައެވެ. ފައުންޑޭޝަން ސްޓޭޖު ފިޔަވާ އެހެން ގްރޭޑްތަކަށް ކުދިން ވެއްދުމަށް ހުޅުވާލި ފުރުސަތުގައި ޖާގައަށް އެދި ސްކޫލަށް ސިޓީ ހުށައެޅުއްވޭނެ އެންމެ ފަހު ތާރިހަކީ 8 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެ ސްކޫލުން ބުނީ ހުރިހާ ގްރޭޑަކުންވެސް ޖާގަ ހުރި މިންވަރަކުން ކުދިން ވައްދާނެކަމަށާއި އަދި އަންނަ އަހަރު އަލަށް އެ ސްކޫލުގައި އުފައްދާ ގްރޭޑް 9 ވެސް ޖާގަ ހުރި މިންވަރަކުން ކުދިން ވެއްދުމަށް ހަމަޖެހިފައިވާކަމަށެވެ.

މި އަހަރު އެ ސްކޫލުގެ ދިރާސީ އަހަރު ފަށާފައިވަނީ 1305 ދަރިވަރުންނާއި އެކުއެވެ. ސާނަވީ ސްކޫލަކަށް ބަދަލުވަމުންދާއިރު ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. އެކަން ހައްލުކުރުމަށް އަންނަ އަހަރު 4 ބުރީގެ އިމާރާތެއް އަޅަން ބަޖެޓްގައި ހިމަނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355