twitterviber whatsapp telegramfacebookyoutube instagram
7th June 2025

ހުއްދަ ނެތި ށ. ފަރުކޮޅަށް އެރުން މަނާކޮށްފި

Nov 5, 2018

މިއަހަރު ހިމާޔަތްކޮށްފައިވާ ށ.ފަރުކޮޅަށް ހުއްދަނެތި އެރުން މަނާކޮށްފި އެވެ. ފަރުކޮޅަކީ ށ ފުނަދޫއާ އެއްފަޅެއްގެ ތެރެއިން ގުޅިފައިވާ ގުދުރަތީގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ.

ށ އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2018 އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ށ ފަރުކޮޅަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ ކަނޑައަޅުވާފައިވާތީ އާއި އެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމް އަދި އުސޫލުތައް ގާއިމްކުރުމަށް އީޕީއޭއިން މަސައްކަތް ކުރަމުން އަންނާތީ އެ ނިޒާމްތަކާއި އުސޫލުތައް ގާއިމް ކުރެވެންދެން އެ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ނޮވެމްބަރު އެކަކުން ފެށިގެން އާންމު ބޭނުންތަކަށް އެ ކައުންސިލްގެ ހުއްދަ ނެތި ފަރުކޮޅަށް އެރުމަކީ މަނާކަމެއް ކަމަށާއި އަދި އެރަށަށް އެރުމާއި އެކަަމަށް ހުއްދަ ދިނުމުގައި މިކައުންސިލުން އަމަލުކުރާނެ އުސޫލު އެކުލަވާލުމަށްފަހު އާންމު ކުރެވޭނެ ކަމަށެވެ.

ޤުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ފަރުކޮޅު ހިމާޔާތްކޮށްފި

ފަރުކޮޅާއެކު ރަސްދޫ މަޑިވަރު، ދިގުލާބާދޫވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާއިރު ފަރުކޮޅު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން(އީޕީއޭ) ތައްޔާރުކޮށް އެކުލަވާލެވިފައިވާ އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިއާސް ލިސްޓް’ގައިވެސް ވަނީ ހިމަނާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355