twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހިލޭ ކިޔެވެން ފެށުމުން އެމްއެންޔޫގެ މަސައްކަތްތައް ފުޅާވާނެ

Nov 6, 2018

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އައު ސަރުކާރުން ހިލޭ ކިޔަވައިދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ މިއަހަރުގެ އެކްސްކޯ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒު ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ފުރުސަތު ހުޅުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ވައުދުފުޅެއްކަމުން ހިލޭ މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިވުމާއެކު އެމްއެންޔޫގެ އޮޕަރޭޝަންސްތައް އިތުރަށް ފުޅާވެގެންދާނެކަަމަށެވެ.

އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ފަވާޒް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި އެޔުނިވަރސިޓީގެ އޮޕަރޭޝަންސްތައް ފުޅާވެގެންދާއިރު ސްޓޫޑެންޓް ޔޫނިއަންގެ މަސައްކަތްތައްވެސް އިތުރަށް ފުޅާކުރަންޖެހޭކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫއިން 2019 ވަނަ އަހަރަށް ސްޓޫޑެންޓް ޔޫނިއަންގެ އެގްޒެކެޓިވް ބޯޑަށް 8 މެމްބަރުން އައްޔަންކޮށް ބޯޑްގެ ރައީސަކަށް ހޮވާފައިވަނީ އެޔުނިވަރސިޓީގެ ދަރިވަރެއްކަމުގައިވާ އަރުޝަދް އަޝްރަފްއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއަކީ އެޔުނިވަރސިޓީގައި ކުރިއަށްދާ އެކި އެކި ހަރަކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރާ ދަރިވަރުންގެ ޖަމިއްޔާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355