twitterviber whatsapp telegramfacebookyoutube instagram
7th June 2025

ވޯޓް ކަރުދާސް ނައްތާލުމަކީ ވޯޓް އޮޅުވާލިކަމަށް ކުރާ ތުހުމަތަށް ލިބުނު އިތުރު ބާރެއް: އަދުރޭ

Nov 6, 2018

އިލެކްޝަން ކޮމިޝަނުން (އީސީ) ވޯޓް އޮޅުވާލިކަމަށް ތުހުމަތުކޮށް އެއްމައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށައަޅާފައިވަނިކޮށް، އީސީން ކުއްލިގޮތަކަށް ވޯޓް ކަރުދާސް ނައްތާލުމުން ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް ފާޑު ވިދާޅުވެއްޖެ އެވެ.

އީސީ ވޯޓް ކަރުދާސްތައް ނައްތާލައިފައިވަނީ މިއަދު އެވެ. ކަރުދާސް ނައްތާލުމުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގައި ބޭނުންކުރި ކަރުދާސްތައް މިހާރު ކޮށާލާފައިވާ ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުން އެތަކެތި އަންދާލާނެކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާ ދުވަސް ވަންދެން ވޯޓު ކަރުދާސްތައް ބަހައްޓާފައި ވަނީ ސުޕްރީމް ކޯޓުގައި އިންތިހާބާ ގުޅޭ މައްސަލަ އޮތުމުން ކަމަށެވެ.

އީސީއަށް ފާޑުވިދާޅުވެ އަދުރޭ މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބު އޮޅުވާލިކަމުގެ ތުހުމަތުކޮށް މައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށް ކުއްލިގޮތަކަށް ވޯޓް ކަރުދާސްތައް ނައްތާލުމަކީ ވޯޓް އޮޅުވާލިކަމަށް ބުނާ މައްސަލައަށް އިތުރު ބާރެއް ލިބިގެންދިޔަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓު ކަރުދާސްތައް ނައްތާލުމުގެ އިތުރުން ވޯޓު ކަރުދާހާ ގުޅޭ ބައެއް މައުލޫމާތުތައް ވެސް ނައްތާލާފައިވާ ކަމަށް އީސީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355