twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަޝްރޫއުތަކަށް ގެންނަ ތާރު ފީފާތައް ލީކުވެ ރަށްރަށުގެ ނާޒުކު ފެންފަށަލައަށް ނުރައްކާ!

Nov 8, 2018

މިދިޔަ ފަސްވަރަކަށް އަހަރަކީ ރާއްޖޭގެ އެކި ރަށްރަށުން އުމްރާނި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެނިގެން ދިޔަ ފަސްއަހަރެވެ. އުތުރާއި ދެކުނުގައި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މަގުތަކާއި، އެއަރޕޯރޓް އެޅުންފަދަ ތާފާތު މަޝްރޫއުތައް ފެނިގެން ދިޔައެވެ. މިމަޝްރޫއުތައް ހިންގުމަށް އެންމެ ގިނައިން ބޭނުންކުރި އެއް މާއްދައަކީ ތާރެވެ.

މިގޮތުން މިފަދަ ޕްރޮޖެކްޓްތައް ހިންގުނު ގިނަ ރަށްތަކަށް ތާރު ފީފާތަކުގައި ގެންދެވުނެވެ. މާބޮޑު ސަމާލުކަމެއް ނުދީ ފީފާތައް ބޭލުމުގެ ތެރޭގައި އަދި ބަހައްޓާފަ ހުންނަތާ ގިނަ ދުވަސްވުމުގެ ސަބަބުން ފީފާތައް ހަލާކުވެ ތާރުތައް ދިޔައީ ބިން މައްޗަށް ފައިބަމުންނެވެ. މިކަމުގައި ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ދައުލަތުން އެތަށް ހަރަދެއްކޮށްގެން ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކުން މިއީވެސް ކުރެވުނު އިސްރާފެކެވެ. ފައިސާގެ ގޮތުންނެވެ. އަދި ރަށްތަކުގެ ނާޒުކު މާހައުލަށްވެސްމެއެވެ.

ބައެއް ރަށްރަށުގައި މަގު ހަދަން ގެނަސް ބަހައްޓާފައިހުރި ތާރު ފީފާތައް ހަލާކުވެ މުޅި ބިން މައްޗަށް އެތަކެތި ފައިބަމުންދިޔަ މަންޒަރާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އަދި ހއ. ދިއްދޫ އިންވެސް މިމަންޒަރުންތައް މިގޮތަށް ފެންނަމުންދިޔަ އެވެ. ސީދާ ގޮތުން މިކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބިގެންދިޔައީ ރަށްރަށުގެ ނާޒުކު މާހައުލަށެވެ. މި ގޮތުން ރަށްރަށުގެ ފެންފަށަލަ އަށާއި ބިންގަނޑު މިކަމުގެ ސަބަބުން ތަގައްޔަރު ވާނެ ކަން އެއީ އަހަރެމެން އެންމެންވެސް ދަންނަން ޖެހޭ ހަގީގަތަކެވެ.

SOS from Kulhudhuffushi. Used Engine oil and bitumen pouring on to the ground. It is rainy season so the rain is carrying this away with floods as well. Majority of the island still relies on ground water. @EPAMaldives @naeembe can u look into this issue and rectify urgently. pic.twitter.com/uhGISUZqon

— Adam Abdulla (@edzyadam) June 9, 2018

ތަރައްގީގެ މިފަދަ މަޝްރޫއުތައް ހިންގުމުގެ ކުރިން އެންވަޔަރަމެންޓް އިމްޕެކްޓް އެސްމެންޓް (އީ.އައި.އޭ) ރިޕޯޓެއް އެކުލަވާލަނީ މިފަދަ ގެއްލުންތައް ވިޔަ ނުދިނުމަށެވެ. އަދި މިފަދަ ކަންކަމަށް ދުރާލާ ތައްޔާރުވެ ގެއްލުން ނުވާނެ ގޮތަށް އަމަލު ކުރުމަށެވެ.

އީ.އައި.އޭ ރިޕޯޓްގެ ބައެއްގެ ގޮތުގައި ޕްރޮޖެކްޓްގައި އުފެދޭ ކުންޏާމެދު އަމަލު ކުރާނެ ގޮތް އަދި ޕްލޭނެއް ބަޔާން ކުރަން ޖެހެނީވެސް މިސަބަބަށްޓަކައެވެ. ޕްރޮޖެކްޓް ނިންމުމަށްފަހު ތާރު ހޭކި ތަގައްޔަރުވެފައިވާ ފީފާތައް ރަށުން ބޭރުކޮށް ރައްކާތެރިގޮތުގައި ނައްތާލަން ޖެހެނީ އަދި ޝަރުތު ކުރަނީވެސް މިހެންވެއެވެ.

މަގުތައް އަދި އެއާޕޯޓްތަކުގެ ރަންވޭ ހެދުމަށް ބޭނުންކުރާ ތާރު ނުވަތަ އެސްފާލްޓްގެ އަސްލަކީ ސާފު ނުކުރާ ތެލެވެ. މިތަކެތި ބިން މައްޗަށް އެޅެން ދޫކޮށްލުމުގެ އިތުރުން އަޅާފައި ހުންނަ ފީފާތައް އެެއްވެސް ބެލުމެއްނެތި ރަށުގެ އެކި ހިސާބުތަކަށް އުކާލެވިފައި ހުންނަތަން ފެންނަނީ މަދެއް ކޮށެއް ނޫނެވެ.

މިގޮތުން ކުޅުދުއްފުށި މަގު ހެދުމުގެ ޕްރޮޖެކްޓްގެ އިތުރުން މިހާރު ކުރިއަށްދާ އެއާޕޯޓް ޕްރޮޖެކްޓްގައިވެސް މިގޮތަށް އަމަލު ކުރާތަން ފެންނަ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަނީ މަދެއް ކޮށެއް ނޫނެވެ. ނަމަވެސް ކުޅުދުއްފުށި ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމުގެ ޕްރޮޖްކްޓްތެރޭގައި މިވަނީ އަދި އެހެން މަންޒަރުތަކެއްވެސް ފެނިފައެވެ. ތާރު ފީފާތައް ބިމަށް ލީކު ވުމުގެ އިތުރުން ތާރު ހުސްކުރި ފީފާތައް މޫދުން ހިއްކުނު ސަރަހައްދު އަދި ކުޅީގެ ފެންގަނޑު ތެރެއަށް އެއްވެސް ބެލުމެއްނެތި އުކާލެވިފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މިވަނީ ލީކް ވެފައެވެ. މިކަމުގެ ސަބަބުން މި ފެންގަޑުތަކުގެ މަތީގައި ތެޔޮ ފަށަލައެއް އުފެދިފައިވާތަންވެސް ބައެއް ފޮޓޯތަކުން ފެނެއެވެ.

Incase you don't want to believe me @naeembe ! @EPAMaldives @EnvGovMv ! Kulhudhuffushi ah mihaa bodethi aniyaa dheyn vaane tha! Mithakethi naguvaa! Joori manaa akun nuvaane! pic.twitter.com/Vf4xXpGEdj

— Ali Hassan (@AyyaHaxan) November 6, 2018

.@MTCCPlc dug up holes & buried the used bitumen barrels with residue & half empty barrels in the mangrove & lagoon area in Kulhudhuffshi.Is @ajwadmusthafa just gonna send a letter to Regional Airports & leave at that? Killing & polluting the environmnt.@EPAMaldives @naeembe pic.twitter.com/nAKHL216b8

— Adam Abdulla (@edzyadam) November 6, 2018

ތިމާވެށީގެ ރޮގުން އެމެރިކާގެ ސިރަކުއުސް ޔުނިވާރސިޓީ އަދި ސްޓޭޓް ސުކޫލް އޮފް ނިއުޔޯރކް، އެންވަޔަރަމެންޓް އެންޑް ފޮރެސްޓްރީގައި މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ތިމާވެށިގެ އެކްޓިވިސްޓެއްކަމަށް އަބުދުﷲ އާދަމް (އެޑަމް) ބުނިގޮތުގައި މިއީ ރަށުގެ ފެންފަށަލަ އަދި ބިންގަނޑު ތަގައްޔަރުވާނެ ކަމެކެވެ.

“މިއީ ވަރަށް ދެރަ ކަމެއް! ކުޅުދުއްފުށީގެ ގިނަ ގެތަކުގައި އަދިވެސް ބިމުން ފެންނަގައިގެން އެކި ބޭނުންކުރޭ. ރަށެއްގެ ބިންގަނޑު ދަށުގައި އާނުގަނޑު ލެވިފައި މިއޮންނަނީ ބޯތައްޓެއްގޮތަށް. ބިމަށް ވެހޭފެން ބިމުގެ ތެރެއިން ފޭދިގެން ގޮސް މިހަރުލަނީ އާނުގަނޑު މަތީގައި. ތައްޓަކަށް އެޅޭ ގޮތަށް. އަހަރެމެން ރަށުގެ އެކި ހިސާބުތަކުގައި ވަޅުކޮނެގެން ނަގައި ބޭނުން މިކުރަނީ އެފެން. ފެންފަށަލައިގެ އެއްހިސާބަށް ތެޔޮ ނުވަތަ އެސްފާލްޓް ފަދަ މާއްދާއެއް އެޅިއްޖަނަމަ މުޅި ފެންފަށަލަ އަށް ފެތުރުމުގެ ޗާންސް ވަރަށް ބޮޑު. ބިމަށް ތެޔޮ އެޅުނީމަ ވާރެ ފެނާ އެއްކޮން މިތަކެތިވެސް ފެންފަށަލައަށް ވާސިލްވެ ފެންފަށަލަ ތަގައްޔަރު ކުރާނެ. މީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް” އެޑަމް ފާހަގަ ކުރިއެވެ.

ރަށެއްގެ ފެންފަށަލަ އުފެދިފައިވާ ގޮތް ދައްކުވައިދޭ އިންފޮގްރެފިކްއެއް

މިފަދަ މާއްދާތަކުން ބިންގަޑު އަދި ފެންފަށަލަ ތަޤައްޔަރު ވުމަކީ އަހަރެމެންގެ ސިއްހަތަަށްވެސް ނުހަނު ނުރައްކާތެރި ކަމަކަށް ނުވެ ނުދާނެއެވެ. ހާއްސަކޮށް އެސްފާލްޓް ފަދަ މާއްދަތަކަކީ ކެންސަރަށް މަގުފަހި ކުރާ އަދި އެހެނިހެން ނެދެވޭ ސިއްހީ ކަންކަމާވެސް ގުޅިފައިވާ ނުރައްކާތެރި މާއްދާތަކެވެ. މިހެންކަމުން މިފަދަ މާއްދާތަށް އުފުލުމުގަޔާއި، ރައްކާކޮށްފައި ބެހެއްޓުމުގައި އަދި އަޅާފައި ހުންނަ ފީފާތައް ނައްތާލަން ވަކި އުސޫލްތަކެއް ގެންގުޅުން ވަރަށް މުހިންމެވެ.

އެކި ރަށްރަށުން އަދި ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދުން މިފަދަ މަންޒަރުތައް ފެންނަމުންދާއިރު އެންވަޔަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އަދި ތިމާވެށީގެ ވުޒާރައިންވެސް އެއްވެސް ފިޔަވަޅެއް އަޅައި ފަރުވާލެއް ނުބަހައްޓާކަމީ ހިތާމަ ކުރަން ޖެހޭ ކަންކަމެވެ. ރަށްރަށުގެ ދިރިއުޅޭ ރައްޔިތުންނަށް ވެވޭ އިހްމާލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355