twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ކުލަގަދަކޮށް ކުރިއަށްދަނީ

Nov 9, 2018

ހއ އުތީމުގައި ގައުމީ ދުވަހުގެ ހަރަކާތްތައް ކުލަގަދަގޮތެއްގައި ފަށައިގެން އެބަ ކުރިއަށްދެ އެވެ. ޤައުމީ ދުވަހުގެ ބަތަލު ބޮޑުތަކުރުފާނުގެ އުފަން ރަށްކަމުގައިވާ އުތީމުގައި ކޮންމެ އަހަރުވެސް މިދުވަސް ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ.

ޤައުމީ ދުވަހުގެ ހަރަކާތްތައް ފެށިގެންދިޔައީ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުންނެވެ. ދިދަ ނެގުމުގެ ކަންތައްތައް ކުރިއަށްގެންދިޔައީ އެމްއެންޑީއެފުންނެވެ.

އުތީމް ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވީ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވައިގެން މާލެއިންނާއި އަތޮޅުގެ ރަށްތަކުން މެހެމާނުން ގެންގޮސްފައިވާކަމަށެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ހަރަކާތްތައް މިއަދު އުތީމުގައި ކުރިއަށްދަނީ–

ދުވަހާ ގުޅުވައިގެން އަތޮޅު ސްކޫލަކަށް ހުޅުވާލައިގެން ތަފާތު މުބާރާތްތައްވެސް ރޭވިފައިވެ އެވެ. އެގޮތުން ޕޯސްޓަރު ކުރެހުމާއި މަޒުމޫނު ލިޔުމާއި ބަހުސް މުބާރާތް ފަދަ މުބާރާތްތައް ހިމެނިފައިވެ އެވެ. އެމުބާރާތްތަކުގައި އުތީމު، އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި ތަކަންދޫ ސްކޫލުން ބައިވެރިވި އެވެ.

ޤައުމީ ދުވަހާ ގުޅުވައިގެން އެއަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިގެން ބާއްވާ ބަހުސްގައި މިއަަހަރު ބައިވެރިވީ ހޯރަފުށީ ސްކޫލާއި ދިއްދޫ ސްކޫލް އެކަންޏެވެ.

ގައުމީ ދުވަހާ ގުޅުވައިގެން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރަކާއި އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލްއެއް އެރަށު ބަނދަރު ސަރަހައްދުގައި އޮންނާނެ އެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުރު 10 ޖަހާއިރު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގަ އެވެ. ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ހަރަކާތްތައް މިއަދު އުތީމުގައި ކުރިއަށްދަނީ–

ޤައުމީ ދުވަހުގެ ހަރަކާތްތައް އުތީމުގައި ކުރިއަށްގެންދަނީ ކައުންސިލާއި ހޯމް މިނިސްޓްރީ އަދި އެމްއެންޑީއެފް ގުޅިގެން ނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355