ޤައުމީ ދުވަހާ ގުޅުވައިގެން މާދަމާ ކުޅުދުއްފުށީގައި އެމްއެންޑީއެފްގެ ޑްރިލްއެއް ބާއްވަން ހަމަޖެހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މާދަމާ ކުޅުދުއްފުށީގައި ޑްރިލް ޑިސްޕްލޭއެއް ދައްކާލުމަށް ހަމަޖެހިފައިވަނީ ޒޯން ސްޓޭޑިއަމްގަ ކަމަށެވެ. މި ޑްރިލްގެ ހަރަކާތްތައް ކުރިއަށްދާނީ މާދަމާ ހަވީރު 4:30 ސްޓޭޑިއަމްގަ އެވެ.
ޤައުމީ ދުވަހު ރަސްމީ ހަރަކާތް ހއ އުތީމުގައި ކުރިއަށްދާއިރު އެރަށު ބަނދަރު ސަރަހައްދުގައިވެސް ވަނީ މިއަދު އެމްއެންޑީއެފްގެ ޑްރިލްއެއް ދައްކާލާފަ އެވެ.
އެމްއެންޑީއެފްގެ ޑްރިލް ޓީމް–
މީގެ ކުރީގެ ބައެއް އަހަރުތަކުގައިވެސް ތަފާތު ގައުމީ ދުވަސްތަކުގައި އެމްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭ ކުޅުދުއްފުށީގައި ދައްކާލައިފައިވެ އެވެ.