twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކިޑްސް އެތުލެޓިކްސް ފެސްޓިވަލް ކާމިޔާބުކަމާއެކު މިއަހަރަށް ނިންމާލައިފި

Nov 9, 2018

ކުޅުދުއްފުށީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އެތުލެޓިކްސް އެސޯސިއޭޝަން ކުރިއަށްގެންދާ އެތުލެޓިކްސް ހަރަކާތްތައް މިއަހަރަށް ނިންމާލައިފި އެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން މިއަދު ވަނީ ކިޑްސް އެތުލެޓިކްސް ނަމުގައި ފެސްޓިވަލެއް ކުރިއަށްގެންގޮސްފައި އެވެ. ޒޯން ސްޓޭޑިއަމްގައި ކުރިއަށްގެންދިޔަ މިފެސްޓިވަލް ނިންމާލާފައިވަނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ހާމަކުރެ އެވެ.

ކިޑްސް އެތުލެޓިކްސް މިއަހަރަށް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލުގެ ތެރެއިން–

މިހަރަކާތުގައި އިސްކޮށް އުޅޭ ކޯޗެއް ބުނީ އެތުލީޓުންގެ ވައިޑީޕީގައި ވަރަށް ހުނަރުވެރި ކުދިންނާއި ފަސޭހައިން އެއްޗެއް ދަސްކުރާ ކުދިން ތިބި ކަމަށެެެވެ. މިހަރަކާތް ކުރިއަށްގެންދިއުމުގެ އެތުލެޓިކްސް އެސޯސިއޭޝަނުން ދެއްވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ކިޑްސް އެތުލެޓިކްސް މިއަހަރަށް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލުގެ ތެރެއިން–

އަދި ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮސް އެފަރާތްތަށްވެސް އޭނާ ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

އެތުލީޓުން އުފެއްދުމުގެ ބޭނުންމުގައި ކުރިއަށްދާ މިހަރަކާތުގައި އުޅެނީ 1-6 ދެމެދުގެ ދަރިވަރުންނެވެ. މިއަދު ކުރިއަށްގެންދިޔަ ކިޑްސް ފެސްޓިވަލުގައި އެހަރަކާތުގައި އުޅޭ 70 ދަރިވަރުންވަނީ ބައިވެރިވެފަ އެވެ.

ކިޑްސް އެތުލެޓިކްސް މިއަހަރަށް ނިންމާލުމުގެ ގޮތުން ބޭއްވި ފެސްޓިވަލުގެ ތެރެއިން–

މިއަހަރަށް ނިންމާލުމުގެ ގޮތުން ބޭއްވި މިހަރަކާތުގައި އެތުލެޓިކްސް ދާއިރާގެ ތަފާތު އިވެންޓްތައް ބާއްވާފައިވެ އެވެ. އަދި އެކި މަގާމުތައް ލިބުނު ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވެ އެވެ. ކިޑްސް އެތުލެޓިކްސް އަންނަ އަހަރު ފެށޭނީ ފެބުރުއަރީމަހު އެވެ. މިހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން ވަނީ ފުރުސަތު ހުޅުވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355