ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ އަތޮޅު ހެލްތް ސާރވިސަސްއިން ސްކްރީން ކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދިއުމަށް ހަމަޖައްސައިފި އެވެ.
އަންނަ ހުކުރު ދުވަހު ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ލޭގެ ޕުރެސަރު ބެލުން، ހަކުރު ޓެސްޓް ކުރުން، މަސް ގަނޑު ތެރޭގައި ހުންނަ ސަރުބީގެ މިންވަރު ބެލުން، އިސްކޮޅާއި އަޅާބަލާއިރު ބަރުދަން ހުންނަންވީ މިންވަރު ބުނެދިނުން، ހަކުރު ބައްޔަށް މަގުފަހިވާނޭ ކަންކަންހުރި މިންވަރުބަލާ މައުލޫމާތު ދިނުމުގެ އިތުރުން ހިތުގެ ބައްޔަށް މަގުފަހިވާނޭ ކަންކަންހުރި މިންވަރުބަލާ މައުލޫމާތު ދިނުން ހިމެނެ އެވެ.
16 އަހަރުން މަތީގެ ކޮންމެ ފަރާތްތަކަށްވެސް މި ޕްރޮގުރާމް ކުރިއަށްދާ ވަގުތު ހދ އަތޮޅު ހެލްތު ސާރވިސަސްއަށް ވަޑައިގެން ބައިވެރިވެވޭނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.
ސްކްރީން ކުރުމުގެ މި ޕްރޮގުރާމް ކުރިއަށް ދާނީ މިމަހު 16 ވަނަ ހުކުރުދުވަހުގެ 16:00 ން 18:00 އަށް ހދ. އަތޮޅު ހެލްތުސާރވިސްގަ އެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރ 14 ވަނަ ދުވަހެވެ. މިއަހަރުގެ ހަކުރު ބަލީގެ ޝިއާރަކީ ހަކުރުބައްޔާއި އާއިލާ އެވެ.