twitterviber whatsapp telegramfacebookyoutube instagram
3rd August 2026

މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނަ އަކުރުން 'ދިވެހިރާއްޖެ'

Jul 28, 2025
1

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ޤައުމީ އެއަލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ފަށައިފި އެވެ.

މޯލްޑިވިއަންގެ ލިވެރީއަށް ގެނައި ބަދަލުގައި ބޯޓުގައިތަކުގެ ބޭރުގައި ޤައުމީ ދިދައާއެކު ދިވެހިރާއްޖެ ތާނަ އަކުރުން ޖަހާނެއެވެ. މިހާރު އެ ބަދަލު އެ އެއާލައިންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް ވަނީ ގެނެސްފައެވެ.

އެގޮތުން ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ހޯދި ބޯޓަށް ވަނީ އެ ބަދަލު ވަނީ ގެނެސްފަ އެވެ. މޯލްޑިވިއަނުން ބުނީ މި ބަދަލު އެ އެއާލައިންގެ ހުރިހާ ބޯޓަކުންވެސް ފެނިގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ ގައުމީ އެއާލައިންގެ ހައިސީއްޔަތުން 'ދިވެހިރާއްޖެ' މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އެއާލައިނަށް ލިބޭ ފަޚުރެއް ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓެއް އޮވެއެވެ. އޭގެތެރޭގައި ވައިޑް-ބޮޑީ އެއާބަސް އޭ330، ނެރޯ-ބޮޑީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355