twitterviber whatsapp telegramfacebookyoutube instagram
27th October 2026

މޯލްޑިވިއަނުން ކޮލަމްބޯއަށް 99 ޑޮލަރަށް

Nov 21, 2025

ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ހާއްސަ ފެއާއެއް ފަށައިފި އެވެ.

މޯލްޑިވިއަނުން ބުނިގޮތުގައި އަންނަ މަހުގެ 7 އަދި 9 އަށް ހާއްސަ ފްލައިޓެއް އޮންނާނެއެވެ. އެއްކޮޅު ޓިކެޓެއްގެ އަގަކީ 99 ޑޮލަރު ކަމަށެވެ. އަދި އެ ފެއާގައި ދަތުރުކުރާ ފަރާތްތަކަށް 35 ކިލޯގެ ލަގޭޖު ގެންދެވޭނެއެވެ.

މޯލްޑިވިއަނުން މާލެއާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް 25ގަ އެވެ.

މޯލްޑިވިއަނުން ލަންކާއަށް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓް ބާއްވައެވެ. މި ދަތުރުތައް ކުރަނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293