twitterviber whatsapp telegramfacebookyoutube instagram
10th September 2026

މޯލްޑިވިއަން އެއާލައިނުން އިންޑިޔާއަށް ހާއްސަ އަގުތަކެއް

Oct 11, 2025

ގައުމީ އެއާލައިން މޯލްޑިވިއަނުން ކޮޗިން އަދި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ ހާއްސަ ފެއާއެއް ތައާރަފުކޮށްފި އެވެ.

މޯލްޑިވިއަނުން ބުނީ ޓިކެޓުގެ އަގު ހެޔޮކުރުމާއެކު ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއާލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މިފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫން ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކަށް ވެސް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވެ އެވެ.

މި ފެއާއާއެކު ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 176 ޑޮލަރުން ކަމަށާއި، ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 232 ޑޮލަރުން ކަމަށް އެއާލައިނުން ބުނެ އެވެ. ހަނިމާދޫން ޓްރިވެންޑްރަމަށް ކުރާ ދަތުރުގެ ޓިކެޓް އަގު އުޅެނީ 337 ޑޮލަރަށެވެ.

މޯލްޑިވިއަންގެ އޭ320 ގައި ދަތުރުކުރާ ކަސްޓަމަރުންނަށް 20 ކިލޯގެ ލަގޭޖު ގެންދެވޭނެ އެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ފަސް ބޯޓާއި ސީ ޕްލޭންގެ 11 ބޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293