twitterviber whatsapp telegramfacebookyoutube instagram
14th July 2025

އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން ސާވިސްގެ އާ އިމާރާތް ހުޅުވައިފި

Jul 14, 2025

ގައުމީ އެއާލައިން، މޯލްޑިވްސް ހިންގާ އައިލެންޑް އޭވިއޭޝަން ސަވިސަސް ލިމިޓެޑް (މޯލްޑިވިއަން) ގެ ފުރަތަމަ އިންޖިނިއަރިން ސާ ބިލްޑިން، "އަލީ ފިރާގް އިންޖިނިއަރިން ސާވިސް ބިލްޑިން" ގެ ނަމުގައި ރަސްމީކޮށް ހުޅުވައިފި އެވެ.

އެ އިމާރާތް ހުޅުވާފައިވަނީ، އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރެއްވި އަލްމަރްހޫމް އަލީ ފިރާގްގެ ހަނދާނުގައި، އެމަނިކުފާނުގެ ނަމާއި ގުޅުވައިގެންނެވެ.

އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިއްޔެ މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިޔާސް އެވެ.

މޯލްޑިވިއަންގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރާ ގޮތުގައި، މި އައު އިމާރާތާއިއެކު މަސައްކަތްތައް އިތުރަށް އަވަސްވެ، މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، މިއީ މޯލްޑިވިއަންގެ ހަޔާތުގައި ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 1 އަހަރު ނުވަތަ 2 އަހަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުން ކަމަށެވެ.

އަމީން ވިދާޅުވީ، އެފަދަ މެއިންޓަނަންސް ފެސިލިޓީއެއް ހުޅުވިގެން ދިއުމަކީ މޯލްޑިވިއަންގެ މެއިންޓަނަންސާއި އަދި ކުރަމުންދާ ހަރަދުތަކަށް ލުއިތަކެއް ލިބި، ސަލާމަތާއި ރައްކާތެރިކަންވެސް އިތުރުވެގެންދާނެ ކަމެއް ކަމުގަ އެވެ. މީގެ އިތުރުން، ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކެއްގެ މެއިންޓަނަންސްގެ ހިދުމަތް މޯލްޑިވިއަނުން ދެމުންދާއިރު، މި އައު ސާވިސް ފެސިލިޓީއާއެކު މިކަމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355