twitterviber whatsapp telegramfacebookyoutube instagram
25th April 2024

“ޑިޖިޓަލް ޓްރާންސްފޯމޭޝަން – ބޭންކިންގެ ކުރިމަގު” ގެ ނަމުގައި ބީއެމްއެލްއިން ސެޝަނެއް ބާއްވައިފި

Nov 15, 2018

އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސް މިއަދު ކުރުނބާ މޯލްޑިވްސްގައި ފައްޓައިފިއެވެ. މި ކޮންފަރެންސްގެ ތީމް އަކީ ” ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ” އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ބޭންކުތަކުން ބައިވެރިވާ މި ކޮންފަރެންސް އިންތިޒާމްކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ.

މި ކޮންފަރެންސްގައި މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން އޭޝިއާގައި ބޭންކިންގ ކުރިއަރަމުންދާ ގޮތުގެ މައްޗަށް އަލިއަޅުއްވާ އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއެކު މާލީ ދާއިރާ ހަރުދަނާކަމާއި އަދި އެ ދާއިރާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ މެދުވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވިގެންދާނެއެވެ.

މިއަދު ބޭއްވުނު ހާއްސަ ސެޝަންގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ބޭންކިންގ ސިނާއަތުގައި ޑިޖިޓަލް ގޮތުން އައިސްފައިވާ ކުރިއެރުންތައް ހުށަހަޅާދީފައެވެ. ބޭންކުގެ ކޮންމެ 10 މުއާމަލާތްތަކުން 9 މުޢާމަލާތް ހިނގަމުންދަނީ އޮންލައިންކޮށްކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިދިޔަ އަހަރުތެރޭ ހަމައެކަނި ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން 30 މިލިއަން ޓްރާންސެކްޝަން ހަދާފައިވާކަންވެސް ބޭންކުންވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭ މަޝްހޫރު ވާހަކަދެއްކުންތެރިން އެކި ސެޝަންތައް ހުށަހެޅި މި ކޮންފަރެންސްގައި ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވަނީ ބޭންކިންގ ސިނާއަތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޑިޖިޓަލް ޕޭމަންޓްތަކަށް އައިސްފައިވާ

ކުރިއެރުންތަކާއި ކަސްޓަމަރުންނަށް ޚިދުމަތް ހޯދަން އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭ ބޭންކިންގ ސިނާއަތުގެ ‘އިންޓަރނެޓް އޮފް ތިންގްސް ( އައިއޯޓީ )’ އާ ގުޅޭގޮތުން އެމެރިކަން އެކްސްޕްރެސް އާއި މާސްޓަރކާޑުގެ ފަރާތުންވެސް ވަނީ ޕްރެސެންޓޭޝަންތައް ހުށަހަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355