twitterviber whatsapp telegramfacebookyoutube instagram
16th August 2026

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ޕުރައިވެޓް ރޫމްތަކުގައި އަގުބޮޑުކޮށްފި

Nov 16, 2018

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ހުންނަ ޕްރައިވެޓް ރޫމްތަކުގެ އަގުބޮޑުކޮށްފި އެވެ. މިބަދަލު ގެނެސްފައިވަނީ ހެލްތް މިނިސްޓްރީން ހޮސްޕިޓަލުތަކަށް ފޮނުވި މެމޯއަކުންނެވެ.

މިބަދަލާއެކު ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ހުންނަ ޕްރައިވެޓް ރޫމްތަކުގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމްތަކުގެ އަގުވަނީ ދެ ގުނައަށް ބޮޑުވެފަ އެވެ.

ކޭއާރުއެޗުގެ ޕްރައިވެޓް ރޫމްތަކުގެ އަގު ކުރިން އުޅެނީ 150ރ އަށެވެ. ނަމަވެސް މިބަދަލާއެކު 300ރ އަށްވަނީ ބޮޑުކޮށްފަ އެވެ.

ހެލްތް މިނިސްޓްރީގެ އޮފިޝަލަކުވެސް މިކަން ޔަގީންކޮށްދެއްވާފައިވާއިރު މި ބަދަލު ގެނެސްފައިވަނީ ކީއްވެކަމެއް ސާފެއްނުކޮށްދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355