twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Nov 27, 2018

އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ 15 ނޮވެމްބަރު 2018 އިން ފެށިގެން 15 ޖެނުއަރީ 2019 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައަކުން %70 އާއި ހަމައަށް ޑިސްކައުންޓް ކަނޑައެޅިފައިވާ އައިޓަމްސްތަކަކަނުން ލިބިގެންދާނެއެވެ. އެގޮތުން ފަރުނީޗަރާއި އިލެކްޓްރޯނިކްސް އަދި ބަދިގެ ސަމާނުން ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިގެންދާ އައިޓަމްސްތަކުގެ ތެރޭގައި ހިމެނެއެވެ.

ޕްރޮމޯޝަނުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 1500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. ކޫޕަނުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ހަފްތާގެ އިނާމްގެގޮތުގައި އަގުހުރި އިނާމްތަކެއް ލިބިގެންދާނޭކަމުގައި ރެޑްވޭވް އިން މައުލޫމާތު ދެއްވައެވެ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ތިންފަރާތަކަށް އިނާމް ލިބިގެންދާނީ ނަގުދު ފައިސާއިންނެވެ.

އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ، 2 ވަނަ އަށް ހޮވޭފަރާތަކަށް 30،000ރ އަދި ތިންވަނައަށް 20،000ރ ގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަ ޖެހިފައެވެ. އަދި މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެއެވެ.

މިޕްރމޯޝަންގައި ޗައިނާގެ ނަން މަޝްހޫރް ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ “ކޮންކާ” ބްރޭންޑު ޓީވީ ރެޑްވޭވްއިން ވަނީ ތައާރަފްކޮށްފައެވެ. ދިވެހިންނަށް އައު ނަމެއްކަމުގައިވިޔަސް “ކޮންކާ” އަކީ މަލްޓި މީޑިއާ އިލެކްޓްރޯނިކްސް އުފެއްދުމުގައި 38 އަހަރުގެ ތަޖުރިބާކާރު ކުންފުންޏެކެވެ.

އެގޮތުން “ކޮންކާ” ބްރޭންޑަކީ 4ކޭ ކޮލިޓީގެ މަންޒަރު ފެނިގެންދާ ރާއްޖޭގެ ބާޒާރުގައި މިވަގުތު ލިބެން ހުރި އެންމެ އަގުހެޔޮ ޓީވީކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. އެންޑްރޮއިޑް އޯއެސް އާއި އެކު އަލްޓްރާ ސްލިމް ޑިސްޕްލޭ އަދި ގިނަ ފީޗާސްތަކެއް ހިމެނޭ “ކޮންކާ” ބްރޭންޑު ޓީވީގެ 5 ސައިޒުގެ ޓީވީ ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ކަސްޓަމަރުންނަށް ހެޔޮއަގެއްގައި ލިބިގެންދާނެއެވެ.

މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމް އެފް އެލްސީ މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ބައިވެރިވެވަޑައި ގަނެވޭނެއެވެ. ރެޑްވޭވުން މައުލޫމާތު ދެއްވާގޮތުގައި އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް ހީނުކުރާފަދަ ތަރުހީބެއް ލިބެމުން އެބަދެއެވެ. އަދި އެ ކުންފުނިން ހާމަކުރާގޮތުގައި މިއީ ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެއްތަނަކުން އެންމެ ހެޔޮއަގެއްގައި ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމުގައެވެ. ރެޑްވޭވްގެ އަމާޒަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރެއްވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355