twitterviber whatsapp telegramfacebookyoutube instagram
18th March 2026

ބިރުވެރި ހޮހޮޅައާއެކު ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ މައުރަޒު މިއަދު ހުޅުވަނީ

Nov 29, 2018

ރާއްޖޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ މައުރަޒު މިއަދު ހަވީރު ކުޅުދުއްފުށީގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ. ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭ އާއި ވިޔަފާރިވެރިން ގުޅިގެން ބާއްވާ މިމައުރަޒު ހުޅުވާނީ މިއަދު ހަވީރު އެވެ.

މިއަހަރުގެ މިމައުރަޒުގައި 19 ވިޔަފާރިއަކުން ވަނީ ބައިވެެރިވެފަ އެވެ. އެއީ ޕެންޓަގްރާމް، ބައުންޓީ، ބުލްބުލް، ޓޫޒީރޯ، ސަފާޔަރ، ގޯލްޑްވޭ، ސިލްކް ރޯސް، ހާފް ޕްރައިޒް ޝޮޕް، ލެމްޓަން މޯލްޑިވްސް، ވާއުފާ، ޗާނަދަނީ ރެންޓަލްސް، ޓިކް މާރކް، ފޯމިކްސް، ރަންނާޅި، ސީކިއު ޕްލަސް، ބާޒާރު އޮންލައިން، ޑިކޭޑް، ޓޮޕް ހައުސް އަދި ލަސްޓަންޒާ ރެސްޓޯރެންޓް ހިމެނެ އެވެ.

އެއްތަނަކުން ގިނަ އަދަދެއްގެ ތަކެތި އަގުހެޔޮކަމާއެކު ލިބެން ހުންނަ މި މައުރަޒު މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.

ވިޔަފާރިވެރިންގެ މައުރަޒު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބިރުވެރި ހޮހޮޅަ ތަޖުރިބާކޮށްލުންވެސް މިއަހަރު އޮންނާނެ އެވެ. އެސްކޫލުގެ ރިކުރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމްކުރާ ބިރުވެރި ހޮހޮޅައަށް ވަދެވޭނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓްގެ އަގަކީ 25ރ އެވެ.

މިއަދުން ފެށިގެން ޑިސެމްބަރުމަހު 3 ވަނަ ދުވަހަށް ކުރިއަށްދާ މި މައުރަޒު ހުޅުވިިފައިހުންނަނީ ކޮންމެ ދުވަހަކު ހަވީރު 16 ން 22:30 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 9 ން ރޭގަނޑު 10:30 ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355