twitterviber whatsapp telegramfacebookyoutube instagram
18th April 2024

މައުރަޒުގައި މުދަލުގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވާނެ: ވިޔަފާރިވެރިން

Nov 29, 2018

ކުޅުދުއްފުށީގައި މިއަދު ހުޅުވި ވިޔަފާރިވެރިންގެ މައުރަޒުގައި މުދަލުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފައިވާނެކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭއާ ވިޔަފާރިވެރިން ގުޅިގެން ކުރިއަށްގެންދާ މިމައުރަޒު ހުޅުވައިދެއްވީ މިއަދު އެކަމަށްޓަކާ އެސްކޫލޫގައި ބޭއްވި ރަސްމިއްޔާތެއް ޕީޓީއޭގެ ނައިބު ރައީސް އައިޝަތު އަލީ އެވެ.

މިއަދުން ފެށިގެން އަންނަމަހު ތިންވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މައުރަޒުގައި 19 ވިޔަފާރިއަކުން ވަނީ ބައިވެރިވެފަ އެވެ. މައުރަޒުގައި މުދާ ވިއްކާ ވިޔަފާރިވެރިޔަކު ބުނީ މުދަލުގެ އަގު ފިހާރައިގައި ވިއްކާ އަގާ އަޅައި ބަލާއިރު ބޮޑުތަކުން އަގުހެޔޮވާނެ ކަމަށެވެ.

ވިޔަފާރިވެރިންގެ މައުރަޒުގެ ތެރެއިން–

އެގޮތުން ފިހާރަތަކުގައި އާންމުކޮށް 300ރ ވިއްކާ ޖީންސް 150ރ އަށް މައުރަޒުން ލިބެން ހުންނާނެ ކަމަށެވެ. މައުރަޒަށް ހާއްސަކޮށް ގެނެސްފައިވާ ކުޑަކުދިންގެ އަންނައުނުވެސް މައުރަޒުގައި ހުރިއިރު އެތަކެތީގެ އަގުވެސް 50 އިންސަތަ ހެޔޮވާނެ ކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ.

އެ ސްޓޯލްގައި ޒަމާނީ އެކި ވައްތަރުގެ އަންނައުނާއި ސްކޫލު ކުދިންނަށް ބޭނުންވާ ތަފާތު މުދާ ހުރިއިރު ގިނަ ސާމާނު އަގުހެޔޮކަން ފާހަގަކުރެވެ އެވެ.

ވިޔަފާރިވެރިންގެ މައުރަޒުގެ ތެރެއިން–

އެހެން ވިޔަފާރިވެރިޔަކު ބުނީ މުދަލުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފައިވާނެ ކަމަށެވެ. އެގޮތުން މުދަލުގެ އަގު 50-100 އިންސަތަ ހެޔޮވާނެ ކަމަށެވެ. ކޮސްމެޓިކްސް އާއި ގޭގެ ބޭނުންކުރާ ތަފާތު މުދާ އަދި ބަދިގެ ސާމާނުވެސް މައުރަޒުގައި އެބަހުއްޓެވެ. އަދި ވިޔަފާރިކޮށް ނިންމާލުމަށްފަހު ކާލަން މަޑުކޮށްލާނެ ރެސްޓޯރެންޓެއްވެސް އެތަނުގައި އެބަހުއްޓެވެ.

ވިޔަފާރިވެރިންގެ މައުރަޒު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބިރުވެރި ހޮހޮޅަ ތަޖުރިބާކޮށްލުންވެސް މިއަހަރު އެބަހުއްޓެވެ. އެސްކޫލުގެ ރިކުރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމްކުރާ ބިރުވެރި ހޮހޮޅައަށް ވަދެވޭނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓްގެ އަގަކީ 25ރ އެވެ.

ވިޔަފާރިވެރިންގެ މައުރަޒުގެ ތެރެއިން–

މިމައުރަޒުގައި މިއަހަރު ބައިވެރިވެފައިވާ ވިޔަފާރިތަކަކީ ޕެންޓަގްރާމް، ބައުންޓީ، ބުލްބުލް، ޓޫޒީރޯ، ސަފާޔަރ، ގޯލްޑްވޭ، ސިލްކް ރޯސް، ހާފް ޕްރައިޒް ޝޮޕް، ލެމްޓަން މޯލްޑިވްސް، ވާއުފާ، ޗާނަދަނީ ރެންޓަލްސް، ޓިކް މާރކް، ފޯމިކްސް، ރަންނާޅި، ސީކިއު ޕްލަސް، ބާޒާރު އޮންލައިން، ޑިކޭޑް، ޓޮޕް ހައުސް އަދި ލަސްޓަންޒާ ރެސްޓޯރެންޓް ހިމެނެ އެވެ.

މިއަދުން ފެށިގެން ޑިސެމްބަރުމަހު 3 ވަނަ ދުވަހަށް ކުރިއަށްދާ މި މައުރަޒު ހުޅުވިިފައިހުންނަނީ ކޮންމެ ދުވަހަކު ހަވީރު 16 ން 22:30 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 9 ން ރޭގަނޑު 10:30 ހުންނާނެ އެވެ.

މިޙަބަރާ ގުޅޭ ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355