ސްޓެޕް ޓު ބިއުޓީގެ ފަރާތުން ކުޅުދުއްފުށީގައި އެޑްވާންސް މޭކަޕް އާޓިސްޓްރީ އެންޑް ހިޖާބް ސްޓައިލިން ކޯހެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.
15 ޑިސެންބަރުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ އަގަކީ ދެހާސް ރުފިޔާއެވެ.
ކޯހަށް ބޭނުންވާ ހުރިހާ ތަކެތި އިންތިޒާމް ކުރާ ފަރާތުން ފޯރުކޮށްދޭ އިރު މި ކޯހުގައި އެކި ކަހަލަ މޭކަޕް ކުރާނެ ގޮތާއި ހިޖާބް އަޅާނެ ގޮތް ދަސްކޮށްދެވިގެން ދާނެކަމަށް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.
އެގޮތުން ޕާޓީ މޭކަޕް ކުރާނެ ގޮތާއި، ބްރައިޑަލް މޭކަޕް، ކޮރެއަން މޭކަޕް ގެ އިތުރުން ހަމާ ގުޅޭގޮތަށް ފައުންޑޭޝަން ބޭނުންކުރާނެ ގޮތާއި މޭކަޕްގެ އެކި ކަންކަން ދަސްކޮށްދެވިގެން ދާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މާލެއާއި ހުޅުމާލެ އަދި ރައްޖެތެރޭގައިވެސް ކާމިޔާބު މޭކަޕް ކޯސްތަކެއް ސްޓެޕް ޓު ބިއުޓީން ވަނީ ހިންގާފަ އެވެ. އެގޮތުން މިހާތަނަށް 600 ވުރެ ގިނަ ފަރާތްތަކުން ވަނީ ސްޓެޕް ޓު ބިއުޓީން ހިންގާފައިވާ އެކި ކޯސްތައް ފުރިހަމަކޮށްފަ އެވެ.
ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9861881 ނަންބަރާ ގުޅުއްވާ ނަން ނޯޓު ކުރެއްވުމަށް އެފަރާތުން އެދެއެވެ.