twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނޮވެމްބަރުމަހު އިމްޕޯޓްކުރި މުދަލުގެ އަގު 7 އިންސަތަ އިތުރުވެއްޖެ

Dec 11, 2018

ފާއިތުވި ނޮވެމްބަރުމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ނޮވެމްބަރުމަހާ އަޅާބަލާއިރު 7 އިންސަތަ ވަނީ އިތުރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް 3.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ނޮވެމްބަރ މަހު މި އަދަދު ވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 17 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު ޗައިނާއިން 14 އިންސައްތަ އަދި އަޔަރލޭންޑްއިން 11 އިންސަައްތަ މުދާ ވަނީ އެތެރެކުރެވިފައިކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރ މަަހާއި އަޅާބަލާއިރު ހުސްވި ނޮވެމްބަރ މަހު 2.23% އިތުރުވެފައެވެ. އަދި މިއަހަރުގެ ނޮވެމްބަރ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 261 މިލިއަން ރުފިޔާ ލިބިފައެވެ ވޭދުވި އަހަރުގެ ނޮވެމްބަރ މަހު ލިބިފައިވަނީ 255.3 މިލިއަން ރުފިޔާ އެވެ.

ނޮވެމްބަރ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 ނޮވެމްބަރ މަހާ އަޅާބަލާއިރު 7 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު 380.3 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި މިދިޔަ ނޮވެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 406.8 މިލިއަން ރުފިޔާ ކަމަށް ކަސްޓަމުން ބުނެއެވެ.

ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ނޮވެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ 48.2 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު ޖަރުމަނުވިލާތަށް 10.3 އިން ސައްތަ އިނގިރޭސި ވިލާތަށް 7.5 އިންސައްތަ އަދި ފަރަންސޭސިވިލާތަށް 6.6 އިންސައްތަ އެކްސްޕޯޓްކޮށްފައިވާކަށެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355