twitterviber whatsapp telegramfacebookyoutube instagram
18th April 2024

ބީއެމްއެލް އިސްލާމިކް އިން ސޭވިންގްސް އަދި އިންވެސްޓްމަންޓް ޑިޕޮސިޓް އެކައުންޓް ތައާރަފްކޮށްފި

Jan 13, 2019

ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ސޭވިންގްސް އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓެއް ތައާރަފްކޮށްފިއެވެ.

މި އެކައުންޓްތައް ބިނާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އުސޫލެއްކަމަށްވާ ވަކާލާ އުސޫލުގެ މައްޗަށެވެ. މިގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ ޝަރީއާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށްފަހު އެއިން ފައިދާ ލިބުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެއެވެ.

‘ބީއެމްއެލް އިސްލާމިކް ސޭވިންގސް އެކައުންޓް’ އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތައާރަފުކުރާ ހިދުމަތެކެވެ. ‘ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް’ އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގ ހިދުމަތް ދިނުމަށްޓަކައި ތައާރަފުކުރި އެކައުންޓެކެވެ. ‘ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް’ އަކީ ޝަރީޢާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަ ކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ކަމަށް އެ ބޭންކުން މައުލޫމަތު ދެއެވެ.

އެގޮތުން ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355