twitterviber whatsapp telegramfacebookyoutube instagram
7th January 2026

ޕްރިމިއަ ލީގް ބަލަން ދިއުމުގެ ފުރުސަތު ކޮކާ ކޯލާއިން ދެނީ

Jan 13, 2019

އިންގްލިޝް ޕްރިމިއަ ލީގް މެޗްތައް ބަލަންދެވޭ ޕްރޮމޯޝަނެއް ކޮކާ ކޯލާއިން ފަށައިފި އެވެ.

ހަތް ހަފުތާ ވަންދެން، ކޮންމެ ހަފުތާއަކު ދެ މީހަކަށް މެޗުތައް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ މި ޕްރޮމޯޝަންގައި މެޗު ބަލައިލަން ފުރުސަތު ދިނުމުގެ އިތުރުން ކޮންމެ ހަފުތާއަކު ޓީވީ ސެޓެއް ވެސް އިނާމެއްގެ ގޮތުގައި ދޭނެ އެވެ.

“ކޮކާ ކޯލާ ޕްރިމިއަ ލީގް”ގެ ނަމުގައި މި ޕްރޮމޯޝަނަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލީގުގެ ޕާޓްނަރަކަށް ކޮކާ ކޯލާވުމުން އެކަން ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ލޯންޗް ކޮށްދިނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދެވެ.

މި ޕްރޮމޯޝަންގައި، އިނގިރޭސިވިލާތަށް މެޗު ބަލައިލަން ދާ ދަތުރުގައި މެޗު ބަލައިލުމުގެ އިތުރުން ލަންޑަންގެ ހާއްސަ ތަންތަން ދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ

ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވާން، ކޮކަ ކޯލާގެ ފުޅީގެ މަތިގަނޑުގައި އިންނަ ކޯޑު އެސްއެމްއެސް ކުރަންޖެހޭނެ އެވެ. އެސްއެމްއެސް ކުރާނީ 2626 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355