twitterviber whatsapp telegramfacebookyoutube instagram
24th September 2026

ބާސްކެޓް ބޯލް އެސޯސިއޭޝަނުން ކުޅުދުއްފުށީގައި އެމްބީއޭ ތްރީ އޮން ތްރީ މުބާރާތެއް ބާއްވަނީ

Feb 20, 2019

މޯލްްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ކުޅުދުއްފުށީގައި އެމްބީއޭ 3 އޮން 3 ޓޯނަމަންޓް ބާއްވަން އިއުލާންކޮށް ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އަންނަމަހު 10 – 13 އަށް ބާއްވަން ނިންމާފައިވާ މި މުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެޓަގަރީއަކީ އޯޕަން އަންހެން އަދި ފިރިހެން 13 އަދި 15 އަހަރުން ދަށުގެ ކެޓަގަރީކަމަށް އެ އެސޯސިއޭޝަަން އިން ހާމަކުރެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގެ ޓީމް ލިސްޓް ފޯމް ފުރިހަމަކޮށް 3 މާރޗްގެ 14:00 ގެ ކުރިން ބާސްކެޓްބޯލް އެސޯސިއޭޝަންގެ އީމެއިލް [email protected]

އަށް މެއިލް ކުރުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

13 އަހަރުން ދަށުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަކީ 2006 ވަނަ އަހަރާއި އޭގެ ފަހުން އުފަން ވެފައިވާ ފަރާތްތަކަށް ވާންވާނެ ކަމަށާއި 15 އަހަރުން ދަށުގެ ކެޓަގަރީން ބައިވެރިވާ ފަރާތްތަކަކީ 2004 ވަނަ އަހަރާއި އޭގެ ފަހުން އުފަން ވެފައިވާ ފަރާތްތަކަށް ވާންވާނެ ކަމަށް އެ އެސޯސިއޭޝަނުން ހާމަކުރައްވައެވެ.

އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ނަން ދެއްވާއިރު ސްކޫލްތަކުގެ ނަން ނުހިމެނޭ ގޮތަށް ނަން ދެއްވުމަށް ސަމާލުކަން ދެއްވުމަށް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އެދެއެވެ. ޓީމް ތަކުގައި ހިމަނާ ކުޅުންތެރިން ވާންވާނީ 3 އޮން 3 ޕުލެނެޓްގައި ރެޖިސްޓަރ ކުރެވިފައިވާ ކުޅުންތެރިންނަށް ވާންވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293