twitterviber whatsapp telegramfacebookyoutube instagram
2nd November 2025

ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑްއަކަށް 20 ޕަސެންޓް އިތުރަށް ކްރެޑިޓް ދެނީ

Mar 14, 2019

ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ހިދުމަތެއް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓް އިތުރު ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ޕޭ އެޕް ނުވަނަ ޔޫ.އެސް.އެސް.ޑީ ބޭނުން ކުރައްވައިގެން ރީލޯޑް ކުރައްވާ ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށްވެސް 20 ޕަސެންޓް އިތުރަށް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އަދި މި ޕުރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަވެސް ދިރާގުން ހާމަކުރެއެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.

ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355