ސީކުއީން ބޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ކުޅުދުއްފުށީ ބަނދަރުގައި އޮއްވަ މިއަދު މެންދުރު ހިނގި މި އަލިފާނުގެ ހާދިސާގައި ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ މި ހާދިސާ އެފަރާތަށް ރިޕޯޓްކޮށްފައިވަނީ މިއަދު 12:28 ގައި ކަމަށާއި މިހާރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފައި ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ 13:16 ގައި ކަމަށެވެ.
އިންޖީނު ރޫމުން ދުން އަރާތީ ދުން ބޭރުކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ސިފައިން އަދިވެސް ހަރަކާތްތެރިވަމުންދާ އެމްއެންޑީއެފުން މައުލޫމާތުދިނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާވެފައިއެއް ނުވެ އެވެ.
މި ބޯޓަކީ ޒަމާނީ ފަރުމާއަކަށް ބަނދެގެން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް އެންމެ ފަހުން ކުޅުދުއްފުއްޓަށް ގެނައި މި ބޯޓެވެ.