ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ޔާސިރު އަބުދުލް ލަތީފަކީ ސަރުކާރުގެ ތެރެއިން ތަރައްގީއަށް ކަންކަން ކުރެވޭނެ ކޮލިޓީ ހުރި ބޭފުޅެއްކަން މިކުޑަ ދުވަސްކޮޅު ތެރޭގައި ވަނީ ސާބިތުކޮށްދީފައިކަމަށާއި ރަށުގެ ތަރައްގީއަށް ޔާސިރަކީ ވަރަށް މުހިންމު ބޭފުޅެއްކަމަށް ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވީ ޔާސިރުގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ ކުޅުދުއްފުށީގެ ތަރައްގީއަށް ޔާސިރު މުހިއްމުވަނީ މަޖިލީހުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ ހެވާލާބައަށް އުތުރުދާއިރާއިން މަސައްކަތް ކޮށްދެވޭނީ ޔާސިރު ކަމަށް ވާތީއެވެ.
ވާދަވެރި ސިޔާސީ ނިޒާމުގެތެރެއިން މިގައުމުގައި އެތައް ޒަމާންތަކެއްވީ މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވުމަށް ސިޔާސަތުތަކެއް ކަނޑައަޅާ އެސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް އެފައިދާތައް ފޯރުކޮށްދެއްވީ އެމްޑީޕީ ސަރުކާރުން ކަމަށް އަލީ ވިދާޅުވިއެވެ.
” މީގެކުރީން އަޑުއިވެމުންދިޔައީ ސަރުކާރުގައި 20 އަހަރުވުމުން ލިބޭ ޕެންސަނެއްގެ ވާހަކަ އެހެންނަމަވެސް އެސިޔާސަތުބައްދަލުކޮށް އުމުރުން 65 އަހަރުވީ ކޮންމެ މީހަކަށް ޕެންސަނެއް ލިބެންޖެހޭގޮތަށާއި އައިޑީކާޑު ދައްކާލުމުން ބޭސްފަރުވާކޮންމެ ދިވެހިރައްޔިތަކަށް ކުރެވޭނެ ސިޔާސަތުތައް ކަނޑައެޅީވެސް އެމްޑީޕީ ސަރުކާރުންކަމަށާއި މިއަދުވަނީ މިގައުމުގައި އެސިޔާސަތުތައް ދޮންވެފައްކާވެފަ ” އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން މިފަހަރުވެސް ނިކުންނަނީ ރައްޔިތުންނަށް ފައިދާ ކުރާނެ ސިޔާސަތުތަކެއް ފަރުމާކޮށް އެޖެންޑާ 19 ހިފައިގެން ކަމަށާއި އެސިޔާސަތުތަކަށް ފާޑުކިޔޭނެ ސިޔާސީ ޕާޓީއެއް އެހެންޕާޓީގެ ކެންޑިޑޭޓެއް ނުހުންނާނެކަމަށާއި އެސިޔާސަތުތައް ދުލެއްނުކޮށްލެވޭނެކަށެވެ.
ޔާސިރު އަބްދުއްލަތީފަކީ އެކިއުމުރުފުރައިގެ ޒުވާނުންނާއި ގުޅުން ރަނގަޅު އެކުގައި މަސައްކަތް ކުރަން ފަސޭހަ މިސަރުކާރުގެ ތެރެއިން ތަރައްގީއަށް ކަންކަން ކުރެވޭނެ ކޮލިޓީ ހުރި ބޭފުޅެއްކަން މިކުޑަ ދުވަސްކޮޅުން ވަނީ ސާބިތުކޮށްދީފައިވާކަމަށް އަލީ ވިދާޅުވިއެވެ.