twitterviber whatsapp telegramfacebookyoutube instagram
21st June 2026

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

Mar 25, 2019

ސަރުކާރުން ހއ ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމި ޑޮމެސްޓިކް އެއާޕޯޓް މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހޯރަފުށީގައި ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހެވެ. މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

މާފިނޮޅުގައި އެއާޕޯޓް އެޅުމުގެ ބަދަލުގައި ހޯރަފުށީގައި އެއާޕޯޓް އަޅަން ނިންމީ ފެހިކަން ގަދަ ރަށްރަށުގެ ފެހިކަން ގެއްލޭނެހެން ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ނުގެންދަން ވެގެން ނާއި ހޯރަފުއްޓަކީ މިހާރުވެސް ބިން ބޮޑު ރަށަކަށްވުމުން ކަމަށްވެސް އެމްޓީސީސީއިން ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.

ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް އެ ރަށުގައި ކުރިއަށް ނުގެންދަން ނިންމައި އެ އެއާޕޯޓް ހއ. ހޯރަފުއްޓަށް ބަދަލުކުރަން ނިންމާފައިވާކަން އެމްޓީސީސީ ހާމަކުރީ މިމަހު 14 ވަނަ ދުވަހު އެވެ.

މިހާރުވެސް އެމްޓީސީސީއިން ދަނީ ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތެވެ. އެމްޓީސީސީއިން އެންމެ ފަހުން ތަރައްގީކޮށްފައިވަނީ ށ. ފުނަދޫ އެއާޕޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355