twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް، ރައްޔިތުންނަށް ފާގަތިކަން ގެނެސްދޭނަން: ޔާސިރު

އަބްދުލް ވާހިދު ޙަސަން
Apr 5, 2019
2

މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ކުރިއަށް އޮތް ފަސް އަހަރަކީ ރައްޔިތުންނަށް ފާގަތި ފަސް އަހަރުކަމުގައި ހަދާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް ޔާސިރު އަބުދުލްލަތީފް ވިދާޅުވެއްޖެ އެވެ.

ކެމްޕެއިންގެ ފަހު ހަރަކާތެއްގެ ގޮތުގައި މިއަދު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި އެމްޑިޕީން ބޭއްވި ބޮޑު ވެހިކަލު ބުރު ނިންމާލުމަށްފަހު ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމުގެ މަސައްކަތް ފެށިއިރު މިލިއަނުން ރުފިޔާ ނެތިއްޔާ ކުރިމަތިލާނެ ކަމެއް ނެތޭ ބައެއް ފަރާތްތަކުން ބުނި ކަމަށާއި ނަމަވެސް މިއަދު ފެނިގެންމިދަނީ ބަޔަކު މަސައްކަތްކޮށްފިއްޔާ ކޮންމެ ކަމެއްވެސް ވެދާނެކަމުގެ މަންޒަރު ކަމަށެވެ.

"ﷲ އިރާދަކުރައްވައިފިއްޔާ މާދަމާގެ އިންތިހާބުގައި ބޮޑުތަނުން ކާމިޔާބުކޮށް، ކުރިއަށް އޮތް ފަސް އަހަރަކީ ތިޔަ ބޭފުޅުންނަށްޓަކާ ފާގަތި ފަސް އަހަރުކަމުގައި ހަދާނަން." ވަރަށް ގޯޝުގައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވި އެވެ.

މި ސަރުކާރަކީ ކުޅުދުއްފުއްޓަށް ގިނަގުނަ ކަންތައްތަކެއް ފުއްދައިދޭނެ ސަރުކާރެއްކަމުގައި ހަދާނަން ކަމަށާއި މަޖިލީހަށް ދާން ބޭނުންވާ ސަބަބަކީ އެއީކަމަށް ޔާސިރު ވިދާޅުވި އެވެ. މަޖިލީހަށް ކުރިމަތިލީ ކާންބޯންކުރާނެ މަސައްކަތެއް ނެތިގެންނެއް ނޫން ކަމަށާއި މަޖިލީހަށް މިނުކުތީ ކުޅުދުއްފުއްޓަށް މި ސަރުކާރުގެ ތެރެއިން ބޭނުންވާ ކަންތައްތައް ފުއްދުމަށް ކަމަށް ޔާސިރު ވިދާޅުވި އެވެ.

"
ﷲ އިރާދަކުރައްވައިފިއްޔާ މާދަމާގެ އިންތިހާބުގައި ބޮޑުތަނުން ކާމިޔާބުކޮށް، ކުރިއަށް އޮތް ފަސް އަހަރަކީ ތިޔަ ބޭފުޅުންނަށްޓަކާ ފާގަތި ފަސް އަހަރުކަމުގައި ހަދާނަން.
ޔާސިރު

ޔާސިރު ވިދާޅުވީ ކޮންމެ މީހަކުވެސް މަޖިލީހަށް ފޮނުވިދާނެ ކަމަށާއި އަދި ވަކާލާތުވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކުޅުދުއްފުއްޓަށް ފައިދާވާނެގޮތަކަށް ތިޔަބޭފުޅުން ވިސްނާ ވަޑައިގަންނަވައި ވޯޓް ދެއްވުމަށެވެ. އަދި ސަރުކާރަށް ޖެއްސުންކުރަން މަޖިލީހަށް މެމްބަރުން ފޮނުވައިގެން ކަންތައްތަކެއް ހާސިލެއް ނުވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޖަމްޝީދުއާއެކު ރައްޔިތުންނަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ކައުންސިލްގެ ކުރީގެ ރައީސް ވިދާޅުވީ ހުރިހާ ބޭފުޅުންވެސް މާދަމާ ވީހާވެސް ހެނދުނަކާ ގޮސް ކިޔު ހަދައި މެންދުރު 12 ޖެހުމުގެ ކުރިން ތިލަފަތަށް ވޯޓް އަޅައި ފުރާލުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355