twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަބަދުވެސް ހުންނާނީ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި: ޔާސިރު

އިބްރާހިމް ހަމީދު
Apr 8, 2019
2

އަބަދުވެސް ދެމިހުންނާނީ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި ކަމަށް އިއްޔެ ބޭއްވުނު މަޖިލީސް އިންތިހާބު ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދެވި އެމްޑީޕީ އިން ކުޅުއްފުށިން އުތުރު ދާއިރާއަށް ވާދަ ކުރެއްވި ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ހޮނިހިރުދުވަހު ބޭއްވުނު މަޖިލިސް އިންތިހާބަށް ފަހު ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އިއްޔެ ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި އެމްޑިޕީން ބޭއްވި ބޮޑު ވެހިކަލު ބުރު ނިންމާލުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޔާސިރު ވިދާޅުވީ ތިލަދުންމަތީ ކުޅުދުއްފުށީގެ ރައްޔިތުން ދެނެއް އަޅުދާސްވެގެން ނުތިބޭނެކަމަށާއި މިފެށި މަސައްކަތް ކާމިޔާބު ކުރީ ބޮޑުއަގުލަބިއްޔަތަކުން ކަމަށެވެ.

"އަޅުގަނޑުމެންނާއި ތިހަވާލުކުރީ ވަރަށް ބޮޑު ޒިންމާއެއް ﷲ އިރާދަ ކުރެއްވިއްޔާ ތިބޭފުޅުންގެ ތި އުންމީދު ކުރައްވާ ކަންތައްތަކުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. އަބަދުވެސް ދެމިހުންނާނީ ތިޔަ ރައްޔިތުންގެ މެމްބަރެއްގެ ގޮތުގައި." ޔާސިރު ވިދާޅުވި އެވެ.

ޔާސިރު އިތުރަށް ވިދާޅުވީ ފާހަގަ ކޮށްލަން ބޭނުންވަނީ ފަސްމަސް ކުރީންފެށިގެން ދިޔަމިމަސައްކަތް މިއަދު ނިންމާލާއިރު ވަރަށް ގިނަ ޒުވާނުންނާއި އަންހެންވެރީންނައި އުމުރުންދުވަސްވި ބޭފުޅުން ރެއާއިދުވާލު ނުނިދާ އެތަކެއް މަސައްކަތެއްކޮށްދެއްވާފައިވާކަން ފާހަގަކޮށް ރައްޔިތުންނަށް ސުކުރުއަދާ ކުރާކަމަށެވެ.

" ތިބޭފުޅުން މިރަށަށްޓަކައި ތިޔަކޮށްދެއްވި މަސައްކަތް ﷲ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނީފަސްއަހަރުފަހުން އަޅުގަނޑުމެން މިއުއްމީދު ކުރައްވާ ކަންތައްތައް ހާސިލުކުރުމަށްފަހުގައި ކަމަށް" ޔާސިރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355