twitterviber whatsapp telegramfacebookyoutube instagram
2nd April 2026

ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީ ފަޅުތެރެ ސާފުކޮށް ގަސް އިންދަނީ

އަބްދުލް ވާހިދު ޙަސަން
Apr 11, 2019

ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ގަސް އިންދުމުގެ ހަރަކާތަކާއި ފަޅު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިއްޖެ އެވެ.

ސިފައިންގެ 127 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ހިންގާ ހަރަކާތްތަކާ ގުޅޭ ގޮތުން ކައުންސިލް ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު ހެނދުނު ބަނދަރު ސަރަހައްދުގެ ފަޅުތެރެ ސާފުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ގަސް އިންދުމުގެ ހަރަކާތް ކުރިއަށްދާނީ 20 ވަނަ ދުވަހު ކަމަށެވެ.

ސިފައިންނާ ހަވާލާދީ ލަތީފް ވިދާޅުވީ ހޮނިހިރުދުވަހު ގަސް އިންދުމުގެ ހަރަކާތް ކުރިއަށްދާނީ އެއާޕޯޓް ސަރަހައްދުގައި ކަމަށާއި އިންދުމަށް ހަމަޖެހިފައިވަނީ ހިޔާ ލިބޭނެ ބޮޑެތިކޮށް ހެދޭ ބާވަތްތަކުގެ ގަސް ކަމަށެވެ.

މި ހަރަކާތްތައް ކުރިއަށްގެންދަނީ ސިފައިންގެ އިސް ނެގުމާއެކު ކައުންސިލް އަދި ސްކޫލުތަކާއި މުވައްސަސާތަކާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355