twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން 5 ރަށަކަށް އެހީވަނީ

ނަބީލާ އިސްމާޢީލް
Apr 15, 2019
1

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް ) ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީވާން ނިންމައިފިއެވެ.

ބީއެމްއެލް އިން ހާމަކުރިގޮތުގައި އެ ފަންޑުން އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕުރޮޕޯސަލް ކަނޑައަޅާފައިވާކަމަށެވެ.

އެގޮތުން ހޮވިފައިވާ ޕުރޮޕޯސަލް ތަކުގެ ތެރޭގައި ހިމެނެނީ ނާޝިދު އާދަމް ނަސީރު ދ. މާއެނބޫދޫ ސްކޫލުގައި ލައިބުރަރީއެއް ހަދައިދިނުން ، ނައިފަރު ޖުވެނައިލް ޅ.ނައިފަރު ބަނދަރު ސަރަހައްދުގައި އާންމުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން، ހާމިދު ރަޝީދު ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ހެދުމުގެ އިތުރުން ޓީއެފްއެމް ސްޕޯޓްސް ކުލަބުން މ. ދިއްގަރު ސްކޫލުގައި ބެލެނިވެރިންނާއި ސްކޫލުކުދިން ހިޔަލުގައި މަޑުކޮށްލެވޭނެ ސަރަހައްދެއް ގާއިމް ކުރުމަށާއި އިބްރާހިމް ފަރުޝާން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އދ. ދަގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރައްޓެހި ދަބަސް ފޯރުކޮށް ދިނުމެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ކަނޑައަޅައި އެކަން އިއުލާން ކުރުމަށް ދަނގެތީގައި މިއަދު ބޭއްވި ހަފްލާގައި އެ ފަންޑު މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާކުރާ ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ހުށަހެޅި އިބްރާހިމް ފަރުޝާނަށް ވަނީ ރަމްޒީ ގޮތުން ޓޮކެން ހަވާލުކޮށްފަ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކަށް ލިބޭ ފައިދާއިން އަނބުރާ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރު ވެސް 300 މިލިއަން ރުފިޔާ ވަނީ އިންވެސްޓު ކޮށްފަ އެވެ. އަދި މުޅި ރާއްޖޭގައި 110 ޕްރޮޖެކްޓު ހިންގާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި އަހަރު ހުޅުވި ކޮމިއުނިޓީ ފަންޑާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ބޭންކުން ގަބޫލު ކުރެ އެވެ.

މީގެ އިތުރުން މުޖުތަމައަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކަށް ފައިސާ ބޭނުންވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު އަނެއްކާ ވެސް ހުޅުވައިލާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ޕްރޮޕޯސަލް އަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ހިންގާ ހަރަކާތްތަކަށް ވާނެޖެހޭ އެވެ. މި އަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލަށް 50،000ރ. ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355