twitterviber whatsapp telegramfacebookyoutube instagram
19th September 2019

ރާއްޖޭގައި ޝެޑިއުލް ދަތުރުކުރާ ފެރީތަކުގެ މައުލޫމާތު ލިބޭ އެޕެއް ތައާރަފްކޮށްފި

Apr 15, 2019

ރާއްޖޭގައި ޝެޑިއުލްކޮށް ދަތުރު ކުރާ ހުރިހާ ފެރީތަކާއި، ސްޕީޑް ބޯޓުތަކުގެ މައުލޫމާތު ލިބޭ އެޕެއް ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމުންދާ ކަނޑުދަތުރުގެ ހިދުމަތްތައް ފެނިގެންދާނެ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ތައާރަފުކުރި "ނިޔަމި" އެޕްލިކޭޝަންގައި

މިވަގުތު އެޕްލިކޭޝަނުން ފެނިގެންދާނީ ސަރުކާރުގެ ތިން ކުންފުންޏަކުންދޭ ފެރީތަކުގެ މައުލޫމާތު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަމިއްލަ ކުންފުނިތަކުގެ ފެރީތަކުގެ މައުލޫމާތުވެސް އެޕުން ފެނިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެޕްލިކޭޝަން އިން ބޭނުންވާ ތާރީހެއްގައި ބޭނުންވާ ތަނަކަށް ދަތުރު ކުރާ އެންމެހާ ފެރީތައް ފެނިގެންދާއިރު ފެރީ އަކީ ދެތިން ރަށެއްގައި ޖައްސާފައި ދާ ފެރީއެއް ނަމަ އެ މައުލޫމާތާއި ފެރީގެ ފަހު މަންޒިލަށް ދަތުރު ކުރެވޭނެ ވަގުތުވެސް އެޕުން އެނގިގެންދާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ބޭނުންވާ ތާރީހެއްގައި ފެރީ ބޭނުންވާ ތަނަކަށް ދާން ޝެޑިއުލްކޮށްފައި ފެރީއެއް ނެތް ނަމަ އެފަދަ މައުލޫމާތާއި ފެރީގެ ހިދުމަތްދޭ ކުންފުނީގެ މައުލޫމާތާއި އެ ކުންފުންޏަށް ގުޅޭނެ ނަމްބަރުތައްވެސް މި އެޕްލިކޭޝަން އިން ފެންނަ ހުންނާނެ އެވެ.

މި ވަގުތު މި އެޕްލިކޭޝަން ހަމައެކަނި ލިބެން އިންނާނީ ގޫގުލް ޕްލޭއިންނެވެ. ނަމަވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެޕަލް ސްޓޯރއިން އެޕްލިކޭޝަން ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި އެޕްލިކޭޝަން ލޯންޗުކޮށްފައި ވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ވިއުގަ އެޕްލިކެޝަނެއް މެދުވެރިކޮށް ފެންނަ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355