twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އުވާލަން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Apr 16, 2019
4

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އުވާލަން ބޯޑުން ނިންމައިފި އެވެ. 2017 ވަނަ އަހަރު އުފެއްދި މި ކޮޕަރޭޓިވް ސޮސައިޓީ އުވާލަން ނިންމީ މިއަދު މިރޭ ބޭއްވި އާންމު ޖަލްސާގައި ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އާންމު ބައްދަލުވުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުން މިރޭ ބޭއްވި އާންމު ބައްދަލުވުމުގައި ކޯޕަރޭޓިވް ސޮސައިޓީ އުވާލަން ފާސްކުރަން ވޯޓްދީފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 20 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ޖަލްސާ ޗެއަރކޮށްދެއްވީ ޗެއާރޕާސަން އިޤުބާލު ހަމީދެވެ.

ޒުވާނުންތަކެއް އިސްނަގައި، ކައުންސިލްގައި އެދުމުން އުފެއްދި މި ކޯޕަރޭޓިވް ސޮސައިޓީގެ 25 އިންސަތަ ހިއްސާއަކީ ކައުންސިލެވެ. އަދި ރައްޔިތުންގެ ހިއްސާއަކީ 75 އިންސަތަ އެވެ.

ސޮސައިޓީ އުފައްދާ 4 ޕްރޮޖްކެޓެއް ހިންގުމަށް އިއުލާންވެސް ކުރި އެވެ. އެއީ އައިސް ޕަލާންޓެއް ގާއިމް ކުރުމާއި ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި ޕޮޓްގައި ގަސްއިންދައިގެން ދަނޑުވެރިކަން ކުރުމުގެ ޕްރޮގްރާމެކެވެ.މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ މަޝްރޫއެއްގެ އިތުރުން އޮޑި ދޯނި ފަހަރު ބެލެހެއްޓޭނެ ފަސޭހަ ނިޒާމެއް ގާއިމްކުރުމަށެވެ.

ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރޕާޝަން އޭރު އޭނާ ހުންނެވި ސަރުކާރުގެ ވަޒީފާއިން އިސްތިއުފާ ދެއްވުމަށްފަހު ރަށުން ވަޑައިގަތުމުން ސޮސައިޓީގެ މަސައްކަތްތައް ހުއްޓުނުނެވެ. އިތުރަށް މަސައްކަތް ކުރިއަށް ނުދާތީ ގިނަ ބަޔަކު ފާޑުކިޔުންވެސް ވަނީ އަމާޒުވެފަ އެވެ.

އެސޮސައިޓީގެ އިތުރު މަގާމުތަކަށް ބަލާއިރު ވައިސް ޗެއާޕާސަންއަކީ ކުޅުދުއްފުށީ އުތުރު ދާއިރާއަށް އިންތިހާބުވެފައިވާ މަޖިލިސް މެމްބަރު ޔާޝިރު އަބްދުލްލަތީފާއި ސެކެޓްރީއަކީ މުހައްމަދު އަހުމަދެވެ. އަދި ހަޒާންދާރަކީ އިބްރާހިމް ރަޝީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355